ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީ ޝަމީމާއި އޭސީސީ ޝިއުނާގެ އިތުބާރުނެތް ކަމަށް ނަގަން ފެނޭ – ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާ މަރިޔަމް ޝިއުނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. އެގޮތުން އެކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދު ވެސް ކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު ވައްކަމުގެ މައްސަލަ ބެލުމުގައި ޕީޖީ ޝަމީމް ވަނީ ފެއިލް ވެފައެވެ. ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ވަނީ ފައިސާ ދީފައި ކަމަށާއި އެހެން ނަމަވެސް ވެންޓިލޭޓަރުތައް ނުލިބޭއިރު އެކަމުގައި ދެން ދައްކާނެ އިތުރު ހެއްކެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް އެއްބަސްވި ވެންޓިލޭޓަރުތައް ގެނައުމުގައި ގޯސްތަކެއް ހަދާފައިވާކަން ހާމަކޮށްފައިވަނީ އެކަމާއި ގުޅިގެން ތައްޔާރުކުރި އޮޑިޓް ރިޕޯޓެއްގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: