ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާއަށް މިޔަރު ގިނަވެ މަސްވެރިންނަށް ތުރާލަކަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ހިމާޔަތްކުރުމުން އޭގެ ރަނގަޅު އަސަރު މިޔަރުގެ އާބާދީއަށް ވަނީ ކޮށްފަ އެވެ. އެކަމަކު މިޔަރު ގިނަވެ އޭގެ އުނދަގޫ މަސްވެރިކަމަށް ފޯރާފައިވާ ކަމުގެ ޝަކުވާ މަސްވެރިން ކުރަން ފެށިތާ ކިޔަންމެ ދުވަހެކެވެ.

ބައެއް މަސްވެރިން ބުނަނީ އައިންމަތީ މިޔަރު ގިނަވެ، ބާނާ މަސް ކާލުމުގެ އުނދަގޫ ބޮޑު ކަމަށެވެ. އެގޮތުން މަސް އޮޑިއަށް ނަގާ ވަގުތު އޭގެ އެއް ބައި މިޔަރު އޮންނަނީ ކާލައިފައި ކަމަށް، އެ މީހުން ބުނެ އެވެ.

ފިޝަރީޒް މިނިސްޓްރީން 2019 ވަނަ އަހަރު އާންމުކުރި ރިޕޯޓު ބުނާ ގޮތުގައި ރިސޯޓުތަކުގައި އާދަވެގެން މިޔަރަށް ކާން އެޅުމާއި މަސް ފެކްޓްރީތަކުން އުކާލާ އެއްޗެހި މޫދަށް އެޅުމަކީ މިޔަރުގެ އުޅުން ބަދަލުވާން މެދުވެރިވާ ކަމެކެވެ. މިޔަރަށް އުޅަނދެއްގެ ވައިބްރޭޝަން އިހުސާސްކުރެވޭ އިރަށް އެ ވައިބްރޭޝަނަކީ ކާން ލިބެން އުޅޭ ކަމުގެ އިޝާރާތަކަށް ވެ، އެ އުޅަނދަކާ ދިމާއަށް ދާން ޝައުގުވެރިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ރާއްޖޭގައި އާދަޔާ ޚިލާފަށް މިޔަރު އިތުރުވެ މިޔަރުގެ އުނދަގޫ މަސްވެރިންނަށް ބޮޑުވެފައިވާކަމުގެ ޝަކުވާތައް ހުރި ނަމަވެސް މިޔަރު ހިފުމާއި މެރުން ހިމެނޭގޮތަށް 13 ބާވަތެއް ޙިމާޔަތްކޮށް މަސްވެރިކަމުގެ ޤަވާއިދު ޢާންމު ކޮށްފަައިވެއެވެ.

މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް ތަފްސީލުކޮށް ބަޔާންކޮށްވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދެއް ގެޒެޓްކޮށްފައެވެ. މި ޤަވާއިދުގައިވާ ގޮތުން މިޔަރާއި، މަޑިއާއި، ލަނޑާ ގެ އިތުރުން ވެލާކަހަނބާއި، އެންދެރި ހިމެނޭ ގޮތުން 13 ބާވަތެއް ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ހިފުމާއި ބޭނުމާއި މެރުން ވަނީ މަނާކޮށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައެވެ.

އެގޮތުން ޙިމާޔަތްކޮށްފައިވާ ބާވަތެއް ނެގުމާއި، އެބާވަތްތަކުން ވިޔަފާރި ކޮށްފިނަމަ 5000 ރުފިޔާ އާއި 400000 ރުފިޔާއާއި ދެމެދުގެ ޢަދަދުތަކުން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނާފައެވެ. އޭގެ އިތުރުން ޙިމާޔަތް ކޮށްފައިވާ ބާވަތަކަށް ގެއްލުމެއް ދީފިނަމަ 3000 ރުފިޔާ އާއި 300000 ރުފިޔާ އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

މިތަކެތި ހިމާޔަތްކޮށްގެން އައި ބަދަލުތައް ދެނެގަތުން މުހިންމެވެ. އޭގެ ނަތީޖާ އާއި އާބާދީ އަށް އައި ބަދަލުތައް ދެނެގަތުމަށް ދިރާސާކުރެވެން ޖެހެއެވެ. ކަމެއް ކުރުމުން އޭގެ ނަތީޖާ ނުބަލައި އެ ގޮތުގައި ބޭއްވުމަކީ ރަނގަޅު ގޮތަކަށް ނުވެދާނެއެވެ. ޔަގީނުން ވެސް އެނގޭ ކަމަކީ ކަނޑުތަކުގައި މިޔަރު ގިނަ ވެއްޖެ ކަމެކެވެ. މަސްވެރިންނަށް އޭގެ އުނދަގޫ ފޯރާ ކަމެކެވެ. ދެން ބަލަންވެފައި އޮތީ މިޔަރު ހިމާޔަތްކޮށްގެން އާބާދީ އަށް އައި ބަދަލާއި އޭގެ ނަތީޖާ އެވެ. އެއީ ތަޖުރިބާކާރުން ކުރަންޖެހޭ ދިރާސާއެކެވެ. އަދި އަވަސް ގޮތެއްގައި އެކަމާ މެދު ގޮތެއް ނިންމަންޖެހޭ ކަމެކެވެ. ނޫނީ ނުރައްކާ ބޮޑެވެ. ހިނގާ ހިތާމަވެރި އެންމެ ހާދިސާއަކުން ވެސް ރާއްޖެއާ މެދު ޓުއަރިސްޓުން ދެކޭ ގޮތް ވެސް ބަދަލުވެދާނެއެވެ.

މިޔަރުގެ ވައްތަރުތަކަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ ސަމާލުކަން ލިބިފައިވާ ބާވަތްތަކެކެވެ. ނަމަވެސް އެތަށް އަހަރުތަކެއް ވަންދެން މިޔަރު ހިމާޔަތްކޮށްފައި އޮތުމުން ކަނޑުތަކުގައި އިންތިހާ އަށް މިޔަރު ގިނަވުމުން ދެން ނުކުންނާނެ ނަތީޖާ މާ ގޯހެވެ. އެ ތަކެތީގެ ޝިކާރައަކަށް ޓުއަރިސްޓަކު ނުވާތީ ގައުމީ ލެވެލެއްގައި އަދި މާ ބޮޑު މައްސަލައަކަށް ނުވަނީ ކަމަށް ވެދާނެއެވެ. ނަމަވެސް މިއީ ވެސް ދުރުގައި އޮތް ކަމެއް ނޫން ކަަމަށް މަސްވެރިކަން ކުރާ ފަރާތްތަކުން މިހާރު ގަބޫލުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: