ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރު މައްސަލަ އިންސާފުން ނައްޓާލިޔަކަ ނުދޭނެ: އަނދުން ހުސައިން

ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން ރާއްޖެ ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރުތަކާ ގުޅިގެން ހިންގި ހިޔާނާތުގެ މައްސަލަ އިންސާފުން ނައްޓާލިޔަކަ ނުދޭނެ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް(އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަަލައަކީ އެމްޑީޕީއަށް ބޮޑު މައްސަލައެއް ކަމަަށާއި އެ މައްސަލަ އިންސާފުން ނައްޓާލިޔަކަ ސަރުކާރަކުން ވެސް އަދި ރައްޔިތުންގެ މަޖިލީހަކުން ވެސް ނުދޭނެ ކަމަށެވެ.

“މި މައްސަލާގެ އުންސުރު ހަމަކުރާނެ. އިންތައް ހަމަކުރާނެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް އަދި އެމްޑީޕީ ވެސް އެންމެ އިސްކަމެއް ދޭނެ ކަމަކީ.” ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރައީސް ސޯލިހު އަކީ އެއްވެސް މުއައްސަސާއަކަށް ނުފޫޒު ފޯރުވާނެ ބޭފުޅެއް ނޫން ކަމަށާއި މި މައްސަލާގައި ސަރުކާރުން ދޫ ނުދޭނެ ކަމަށެވެ.

ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައިގައި އެއްވެސް ފަރާތެއްގެ މައްޗަށް ދައުވާނުކުރަން ޕީޖީން ނިންމީ އޭސީސީން ކުރި ތަހުގީގުގައި އުންސުރު ހަމަނުވާ ކަމަށް ބުނެއެވެ. އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީގައި އެދިފައިވަނީ ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭގޮތަށް 11 މީހެއްގެ މައްޗަށެވެ.

އޭސީސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ މި ހަފްތާތެރޭގައި އެ މައްސަލަ އަލުން ރިވިއުކޮށްދޭން ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށާއި، ރިވިއު ކުރަން ފޮނުވާއިރު އޭސީސީން އެ މައްސަލައިގައި ގަބޫލުކުރާ ސަބަބުތައް ވެސް ބަޔާންކުރާނެ ކަމަށެވެ.

މިއީ މި މައްސަލަ ރިވިއު ކުރަން ޕީީޖީ އޮފީހަށް އޭސީސީން ފޮނުވާ ދެވަނަ ފަހަރެވެ.

އޭސީސީން އިއްޔެ ވެސް ވަނީ ކޮމިޝަނުގެ ތަހުގީގު ފުރިހަމަ ކަމަށާއި ދައުވާ ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: