ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރުމަށް ނިންމުމުން މަޖިލީހަށް ކުއްލި މައްސަލައެއް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް އެއްބަސްވި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ބުނެފައިވާ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ނުކުރުމަށް ނިންމި މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ކޮވިޑްގެ ބަލި މީހުންނަށް ފަރުވާކުރުމަށް ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ގެއްލުނު ފައިސާ ހޯދަން މަސައްކަތް ކުރަން ސަރުކާރަށް ގޮވާލާ މައްސަލަ ހުށަހަޅާފައި ވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.

ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން އާދަމް ޝަރީފް އުމަރު ވިދާޅުވީ ޕީޖީ ހުސައިން ޝަމީމަކީ ކިޔަވައިގެން ހުންނެވި ބޭފުޅެއްކަމަށާއި، އެހެންނަމަވެސް އުންސުރުގައި ޖެހި މި މައްސަލަ ނުބަލަން ނިންމި ނިންމުން ބަލައިނުގަންނަ ކަމަށެވެ.

މި މައްސަލައިގެ ފުރިހަމަ ތަހުގީގެއްކޮށް، ޝާމިލްވާ ފަރާތްތައް އިންސާފުގެ މައްޗަށް ގެނައުމަށް ގޮވާލާ އާދަމް ޝަރީފް ހުށައެޅުއްވި މި މައްސަލައަށް ބަހުސް ކުރަން ފެނިވަޑައިގަންނަވާ ކަމަށް 32 މެމްބަރުން ވޯޓު ދެއްވިއެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަލުން ރިވިއު ކުރުމަށްފަހު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ވެސް ޕީޖީން ވަނީ އުންސުރުތައް ހަމަނުވާކަމަށް ވިދާޅުވެ ދައުވާ ނުކުރަން ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: