ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 މީހުނާއެކު ދަތުރުކުރި ތެޔޮ އުފުލާ ބޯޓެއް އަޑިއަަށް ދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުގަދަވެ ތިން މީހުންނާ އެކު ދަތުރުކުރި ބޯޓެއް އަޑިއަށް ދާތީ އެމްއެންޑީއެފުން ހަރަކާތްތެރި ވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ތިން މީހުންނާއެކު އެކު ދަތުރުކުރި ތެޔޮ އުފުލާ ބޯޓެއް ކަނޑު ގަދަވެ އަޑިއަށްދާ ކަމުގެ މައުލުމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުމުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

މި ބޯޓުގައި ތިބި މީހުން މިހާރު ވަނީ ސަފާރީއަކަށް ނަގާފައެވެ.

މިހާދިސާ ހިނގާފައި ވަނީ ހުޅުމާލޭ ފޭސް-02 އާއި ދިމާލުން ކަނޑުމަތިންނެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ދުވަސް ވަރެއްކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ވަނީ ރީނދޫ އެލާޓް ނެރެފައެވެ. ޚާއްޞަކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައްގަދަވެ، ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 30 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްއެންޑީއެފްއިން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސްކުރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: