ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރު މައްސަލަ އަނެއްކާވެސް މުރާޖާ ކުރަން ނިންމައިފި

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް—
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ދައުވާ ނުކުރަން ނިންމި ނިންމުން އަލުން ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޕީޖީ ނިންމި ނިންމުމާމެދު އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޢާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ކަންބޮޑުވުން ހުންނާނެކަން ޤަބޫލުކުރައްވާކަމަށެވެ. އަދި އެކޮމިޝަނުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރަންސެއްގައި، ޕީޖީ އޮފީހަށް ފޮނުވި ސިޓީއަކަށް ޖަވާބު ނުދީ އޮތްކަމަށް ވިދާޅުވި ނަމަވެސް، އެކޮމިޝަނުން މި އޮފީހަށް ފޮނުއްވާފައިވާ އެއްވެސް ސިޓީއަކަށް ޖަވާބު ނުދެވި ވާކަމަކަށް ރެކޯޑުތަކަކުން ނުދައްކާކަމަށް ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ބުނީ މި މިމައްސަލާގައި ގޮތް ނިންމުމުގައިވެސް ބަލާފައިވާނީ ތަޙުޤީޤަށް ހޯދިފައިހުރި ހެކިތަކުގެ މައްޗަށްކަމަށެވެ. ނަމަވެސް، މިމައްސަލައިގައި ނިންމި ގޮތާމެދު އެންޓި ކޮރަޕްޝަނުން އިންތިހާއަށް ހިތްހަމަޖެހިވަޑައި ނުގަންނަވާތީއާއި، މިއީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައަކަށްވާތީ، މިމައްސަލައިގައި އަލުން ބަލައި، އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަން ނުވަތަ ނޫންކަން ދެނަގަތުމަށް ނިންމަވާފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން އެ ނިންމުން މުރާޖަޢާ ކުރާއިރު، މައްސަލައިގައި ފުލުހުންނާ ގުޅިގެން ހޯދިފައިވާ ހެކިތައްވެސް ވަކިން ގެނެސް، އިތުރަށް ތަޙުޤީޤުކުރަންޖެހޭ ކަމެއް އޮތްނަމަ، އެކަމެއް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު ތަޙުޤީޤު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިރުޝާދު ދިނުމަށްވެސް ޤަޞްދުކުރާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ނިންމާފައިވާ ނިންމުން މުރާޖައާ ކުރުމުގައި، ކުރިން ދީފައިވާ އިރުޝާދުގައި ހުރި ކަންކަން ތަޙުޤީޤުކުރުމުގައި ފުލުހުންގެ އެހީތެރިކަން އޭސީސީއަށް ދިނުމަށް ފުލުހުންގެ މުއައްސަސާއަށް އެންގުމަށްވެސް ނިންމާފައިވާކަމަށެވެ. އަދި އޭގެ ފަހުން މައްސަލަ ދިރާސާ ކުރުމަށްފަހު އަލަށް ހޯދޭ ހެކިތަކުގެ އަލީގައި ނިންމުން މުރާޖައާ ކުރުމަށްވެސް ނިންމަވާފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: