ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަމަހާ ދިމާކޮށް ރެޑްވޭވުން ބައެއް ކާބޯތަކެތީގެ އަގުހެޔޮކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ރެޑްވޭވުން އަނެއްކާވެސް ބައެއް ކާބޯތަކެތީގެ އަގުހެޔޮކޮށްފި އެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާންމަހާ ދިމާކޮށް ކާބޯތަކެތީގެ އަގު ބޮޑުވާކަން ފާހަގަކޮށް ރެޑްވޭވުން ބުނީ، ކާބޯތަކެތި އެންމެ ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން މީގެ ހަފްތާއެއްހާ ދުވަސްކުރިން ފިޔާ، އަލުވި އަދި ބިހުގެ އަގު ރެޑްވޭވުން ވަނީ ހެޔޮކޮށްފަ އެވެ. އަދި މިއަދު އަނެއްކާވެސް އިތުރު ބައެއް ތަކެތީގެ އަގަށް ހެޔޮ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

ރެޑްވޭވުން ބުނީ ރޯދަމަހު ގޭބިސީތަކުގައި އެންމެ އާންމުކޮށް ބޭނުންކުރާ ތަކެތީގެ ތެރެއިން އޮރެންޖު، ކެރެޓު، އިނގުރު، ލޮނުމެދު އަދި ލުނބޯގެ އަގު މިއަދު ރެޑްވޭވުން ހެޔޮކޮށްފައިވާ ކަމަށެވެ.

އެގޮތުން އޮރެންޖެއް ތިން ރުފިޔާއަށް، ކެރެޓު ކިލޯއެއް 25 ރުފިޔާއަށް ހުރިއިރު އިނގުރު ކިލޯއެއް ހުރީ 45 ރުފިޔާއަށެވެ. އަދި ލޮނުމެދު ކިލޯއެއް 35 ރުފިޔާއަށް ލިބޭއިރު ލުނބޯ ކިލޯއެއްގެ އަގު ވަނީ 30 ރުފިޔާއަށް ހެޔޮކޮށްފަ އެވެ.

ރެޑްވޭވުން ބުނީ ތަކެތީގެ އަގުހެޔޮ ކުރުމުގެ އިތުރުން، ރޯދަމަހު އަގުތައް ހިފެހެއްޓުމަކީ ވެސް އަމާޒެއް ކަމަށެވެ.

ރެޑްވޭވުގެ އަމާޒަކީ އެންމެ ހެޔޮއަގުގައި ކާބޯތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާއ އަދި ހާއްސަކޮށް ރަމަޟާންމަހު ރައްޔިތުންނަށް ލުއިކޮށްދީ އަގުތައް ހެޔޮކޮށްދިނުމަށް ދުރާލާ މަސައްކަތް ފަށާފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: