ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލުނު ސިފައިންގެ މީހާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލުނު ސިފައިންގެ މީހާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ، ގެއްލުނު ސިފައިންގެ މީހާގެ ހަށިގަނޑު ކަނޑުއަޑިން ފެނުނީ ކޯސްޓްގާޑް ޑައިވަރުންނަށް ކަމަށެވެ.

ލ. ކައްދޫ އިރުމަތީ ފަރާތު މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން ގެއްލިގެން ހޯދަމުން ދިޔައީ ލާންސްކޯޕްރަލް ޙުސެއިން ފާރިޝް (އެސްއެން.7613)އެވެ.

ފާރިޝް ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ 17:40 ގައެވެ.

މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން އިތުރު ސިފައިންގެ މީހަކު ގެނބުނު ކަމަށާއި އެމީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެ މީހާ ގެނބުނީ އޮއިގަނޑެއްގައި ޖެހި ފާރިޝް އަޑިއަށް ދާތީ، އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ ސިފައިންގެ މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: