ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އަކީ މިހާތަނަށް ފެނުނު އެންމެ ނާގާބިލު އެއް ޕާޓީ

ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރަން ޕީޕީއެމް “ހަބޭސް” ކަމަށާއި އެމްޑީޕީ އަކީ މިހާތަނަށް ފެނުނު އެންމެ ނާގާބިލު އެއް ޕާޓީ ކަަަަަމަަައް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރޭ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޖަމީލު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރަން އޮތީ އެންމެ ޕާޓީއެއް ކަމަށާއި އެގޮތުން ވެރިކަން ކުރަން ޕީޕީއެމް އަކީ ހަމަ “ހަބޭސް” ކަމަށެވެ.

ނަމަވެސް އެމްޑީޕީ އަކީ މިހާތަނަށް ފެނުނު އެންމެ ނާގާބިލު އެއް ޕާޓީ ކަމަށާއި މިއީ ލޯކަލް ކައުންސިލް އިންތިހާބު ކުރިމަތީގައި އޮތުމުން ދަންނަވާ ވާހަކައެއް ނޫން ކަމަށް ޖަމީލު ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީ އަކީ ދެވުނުހާ ތަނެއްގައި ޑިމޮކްރެސީގެ ބެރު ޖަހަމުން ދުވާ ޕާޓީއެއް ކަމަށްވާއިރު ކައުންސިލް އިންތިހާބު ބާއްވަނީ ރާއްޖޭގެ އިދިކޮޅު ލީޑަރު ޖަލުގައި ބާއްވައިގެން ކަމަށާއި އިދިކޮޅު ލީޑަރު ޖަލުގައި ބާއްވައިގެން ބާއްވާ އިންތިހާބަކީ ބާތިލު، ޑިމޮކްރެސީއާ ބީރަށްޓެހި އިންތިހާބެއް ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: