ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއިން ހަދިޔާކުރި ސިނޮފާމް ވެކްސިންގެ ދެވަނަ ޝިޕްމަންޓް ރާއްޖެ ގެނެސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ސަރުކާރުން ރާއްޖެއަށް ދޭނެ ކަމަށް އިއުލާނުކޮށްފައިވާ، ކޮވިޑް-19 ދިފާޢީ ވެކްސިން، ސައިނޮފާމް ވެކްސިންގެ ދެ ލައްކަ ޑޯޒްގެ ދެ ވަނަ ޝިޕްމަންޓް ރާއްޖެ ގެނެސްފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާއިން ހަދިޔާކުރަން ނިންމާފައިވާ ދެ ލައްކަ ޑޯޒް ވެކްސިންގެ ތެރެއިން ނުގެނެވި ހުރި އެއް ލައްކަ ޑޯޒްގެ ވެކްސިން މިއަދު ގެނެސްފައިވާ ކަމަށެވެ.

ސިނޮފާމް ވެކްސިނަށް ރާއްޖޭގައި ހުއްދަ ދީފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އަދި ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ސިނޮފާމް ވެކްސިން ދެމުން އަންނަނީ ޢުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންނަށެވެ.

ރާއްޖޭގައި މިހާތަނަށް ވަނީ ތިން ވެކްސިނަކަށް ހުއްދަ ދީފައެވެ. އެއީ ޗައިނާގެ ސިނޮފާމް ވެކްސިނާއި، އިންޑިއާގެ ސީރަމް އިން އުފެއްދި އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިންގެ އިތުރުން އެމެރިކާގެ ފައިޒާ ވެކްސިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: