ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

7 ދުވަހަށް ހުރާގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފި

ކ.ހުރާ~ ފޮޓޯ: އެމްޓީސީސީ~
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އިން ރައްކާތެރިވުމަށް ކ. ހުރާ ހާއްސަ ފިޔަވަޅުތަކެއް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއެ) އިން އަންގަވައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ބުނެފައިވަނީ މިއަދުން ފެށިގެން ނައިފަރުގައި ހަތް ދުވަހަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އަންގާ ކަމަށެވެ.

ހުރާގައި އެޅި ފިޔަވަޅުތައް

– ޒަރުރީ ބޭނުންތަކާއި ސިއްހީ ބޭނުންތަަކަށް ފިޔަވައި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާ،

– ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާ،

– އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން،

– އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވުން މަނާ،

– ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން،

– ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުން،

– ޔުނިވާސިޓީތަކާއި ކޮލެޖް، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓާލުން،

– ހޮޓާ/ކެފޭ، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުން

ހުރާ އިން ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު މާލެއަށް ޑޮކްޓަރަށް ދެއްކުމަށް ފޮނުވާލި ބަލި މީހެކެވެ. އެމީހާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ހުރާ މޮނީޓަރިން ހާލަތަށް ވަނީ ގެނެސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: