ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު ޝިޔާމް ކޮވިޑުން ރަނގަޅުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކޮވިޑް-19 އިން ރަނގަޅުވެއްޖެ އެވެ.

ޝިޔާމް ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

ޝިޔާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 15 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރެއްވުމަށް ފަހު މިއަދު ބޭރަށް ނުކުމެވަޑައިގެންފައިވާ ކަމަށެވެ.

“ކަރަންޓީނުގައި ހުރި ދުވަސްތަކުގައި އަޅުގަނޑުގެ ހާލު ބައްލަވަން ގުޅުއްވާ މެސެޖް ކުރައްވާ އަދި ހެޔޮދުއާގެ މެސެޖްތަށް ފޮނުއްވާ ޕޯސްޓުކުރެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު އަދި އާއިލާގެ އިހްލާސްތެރި ޝުކުރު ދަންނަވަން،” ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ރިސޯޓަކަށް އައި ރަހުމަތްތެރިއަކާއި ބައްދަލުކޮށްލަން ދިއުމުގެ ކުރިން ނެގި ސާމްޕަލަކުންނެވެ.

މިކަމާ ގުޅިގެން ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕޮޒިޓިވްވިކަން އެނގުނީ ދަތުރު ކުރުމަށް މިދިޔަ ހަފްތާގެ ބުދަ ދުވަހު ނެގި ޕީސީއާރު ޓެސްޓަކުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: