ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަންޏާމީދޫއިން ފަސް ދުވަހުގެ ތެރޭގައި 350 ޓަނުގެ ކުނި ސާފުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ހަންޏާމީދޫއިން ފަސް ދުވަހުގެ ތެރޭގައި 350 ޓަނުގެ ކުނި ސާފުކޮށްފިއެވެ.

ވެމްކޯއިން ބުނީ ފަސް ދުވަހުގެ ތެރޭގައި ހަންޏާމީދޫއިން 350 ޓަނު ގެ ކުނި ސާފުކޮށްފައިވާކަމަަށެވެ. އެގޮތުން އެހެންރަށްތަކެކޭވެސް އެއްގޮތައް ހަންޏާމީދޫއިންވެސް ސާފުކޮށްފައި ވަނީ ކުނިގޮނޑުގައި ޖަމާވެފައިހުރި ކުނިތަކެވެ.

ވެމްކޯއިން މިހާރުދަނީ މި ރަށުގެވެސް ކުނި ނެގި ސަރަހައްދުގެ ވެލިގަނޑު އެއްވަރުކުރުމާއި، ސާފުކުރި ކުނީގެ ތެރެއިން ރަށުގައި ނައްތާލެވޭ ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.

ރަށްރަށުގައި ހުރި ގިނަ ދުވަސްވެފައިވާ ކުނި ނައްތާލުމަށް ވެމްކޯއިން ފަށައިފައިވާ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ސާފުކޮށްފައި ވަނީ ކުޅުދުއްފުށި ސިޓީއެވެ. އެގޮތުން، އެ ސިޓީއިން 400 ޓަނުގެ ކުނި ސާފުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: