ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިޖިޓަލް ޙިދުމަތްތައް ޑިވެލޮޕްކުރާ ސޮފްޓްވެއަރ ޑިވެލޮޕަރުންނާއި ކުންފުނިތަކަށް އީ-ފާސް ބޭނުންކުރުމަށް ހުށަހެޅުމުގެ ފުރުސަތު!

ކޮމިއުނިކޭޝަން މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން ސްޓޭޓް މިނިސްޓަރ އަލީ ސާލިޙް ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟
ޑިޖިޓަލް ޙިދުމަތްތައް ޑިވެލޮޕްކުރާ ދިވެހިރާއްޖޭގެ ސޮފްޓްވެއަރ ޑިވެލޮޕަރުންނާއި ކުންފުނިތަކަށް އީ-ފާސް ބޭނުންކުރުމަށް ހުށަހެޅުމަށް ފުރުސަތު ކޮމިއުނިކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ. މިނިސްޓްރީން ހާމަކުރި ގޮތުގައި  ދިވެހި އެޕްލިކޭޝަންތަކާއި އޮންލައިން ވިޔަފާރިތައް ތަރައްޤީވެ ފުޅާވަމުންދާއިރު، ޚިދުމަތް ދޭ ފަރާތްތަކާއި ޚިދުމަތް ހޯދާފަރާތްތަކަކީ ސައްޚަ ފަރާތްތަކެއްކަން ކަށަވަރުކުރުމަކީ އޮންލައިން ވިޔަފާރިއަށް ރައްޔިތުންގެ އިތުބާރުލިބި އިތުރު އިޤްތިޞާދީ ހަރަކާތްތަކަށް މަގުފަހިވެގެންދާނެ ކަމެކެވެ.

މިކަންކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ޑިޖިޓަލް އެޕްލިކޭޝަންތަކާއި އޮންލައިން ޚިދުމަތްތަކުގައި ބޭނުންކުރުމަށް ތައްޔާރުކުރެވިފައިވާ ސިންގަލް ސައިން އޮން ސަރވިސް “އީ-ފާސް”، ޕްރައިވެޓް ސެކްޓަރގެ ދިވެހި ޑިޖިޓަލް ޚިދުމަތްތައް ލިބިގަތުމުގައި ބޭނުންކުރެވޭ ގޮތައް ހެދުމަށްޓަކައި، މިފަދަ ޑިޖިޓަލް ޚިދުމަތްތައް ޑިވެލޮޕްކުރާ ދިވެހިރާއްޖޭގެ ސޮފްޓްވެއަރ ޑިވެލޮޕަރުންނާއި ކުންފުނިތަކުން އީ-ފާސް ޚިދުމަތް ބޭނުންކުރުމަށް އެދި “އެކްސްޕްރެޝަން އޮފް އިންޓަރެސްޓް” ހުށަހެޅުމަށް މިނިސްޓްރީ ގެ ދަށުން ހިނގަމުން އަންނަ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއިން ވަނީ ހުޅުވާލާފައެވެ.

މި ހަރަކާތުގެ ބޭނުމަކީ، މި ޚިދުމަތް އާންމުކޮށް ހުޅުވާލުމުގެ ކުރިން، މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކާއި އެކު މި ނިޒާމު ހިންގުމުގެ “ބީޓާ” ޓެސްޓިންގްއެއް ހެދުމެވެ. މިކަމަށް ޝައުގުވެރިކަން ހުރިފަރާތްތަކުން 15 މެއި 2021 ގެ ނިޔަލަށް ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުމަށް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މި ކަމާއި ބެހޭ ތަފްސީލީ މައުލޫމާތު ރަޖިސްޓްރީވާ ފަރާތްތަކާއި ހިއްސާކުރުމަށް އެފަރާތުންވަނީ ނިންމާފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: