ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތަދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫސިޓީ ރީޖަނަލް ޕޯޓް ތަރައްޤި ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ބަނދަރުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހިތަދޫ ބަނދަރު ސަރަހައްދުގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި އައްޑޫ ސިޓީ ކައުންސިލްގެ އިސްވެރިންނާއި،  ސިޓީގެ މަޖިލިސް މެމްބަރުންގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރ، އަބްދުﷲ ސޯދިގު ވިދާޅުވީ ބަނދަރު ހެދިގެން ދިއުމަކީ ސިޓީގެ ކުރިއެރުމަށް ހުޅުވިގެންދާ އިތުރު ދޮރެއް ކަމަށާއި މިކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް މަންފާ ކުރާނެ ކަމަށެވެ. އަދި އެމްޓީސީސީއާއި މި މައްސަކަތް ހާވާލުވެގެން ދިއުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށާއީ އެ ކުންފުނިން އައްޑޫގައި ކާމިޔާބު ކަމާއެކު އެތަކެއް ޕްރޮޖެކްޓެެއް ކުރިއަށް ގެންގޮސް ވަރަށް ފުރިހަމައަށް ނިންމާލާފައިވާ ކަމަށެވެ.

ހިތަދޫ ބަނދަރުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ އެވެ.

ހިތަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 234،297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 300 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުން ހިމެނެއެވެ. އަދި 1420 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާއި ހަވާލުކުރި އެމަޝްރޫއު އަކީ 52.43 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. އަދި އެ މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 1 އަހަރު ދުވަސް ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: