ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެން މީޓަރުން ނަގާ 30 ރުފިޔާގެ ފީ ރައީސް މާފުކޮށްދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ އިން ގޭގެ އަށް ލާފައިވާ ފެން މީޓަރަށް ނަގަމުން އައި 30 ރުފިޔާގެ ފީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފުކޮށްދެއްވާފައިވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

އައްޑޫގެ އަވަށްތަކެއްގެ ނަރުދަމާ ނިޒާމު ނިންމައި އެ މަޝްރޫ ހިންގައި ބެލެހެއްޓުން ފެނަކައާ ހަވާލުކުރަން އެމްޓީސީސީން މިއަދު ހަވީރު ފޭދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ، ސަޕްލައި ފެން މީޓަރުން ނަގާ 30ރ. ކަސްޓަމަރުންނަށް މާފުކޮށް ދެއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ނިންމެވުމަށް ކަމަށެވެ.

“ފެނުގެ ނިޒާމު ގުޅުމާއެކު، މީޓަރަށް ނަގަމުން އައި ތިރީސް ރުފިޔާ ރައީސް މިއަދު ވަނީ ފެނަކަ ހުރިހާ ކަސްޓަމަރުންގެ އަތުން ނެގުން ހުއްޓާލަން ނިންމައި އެކަން މާފުކޮށްދެއްވާފައި،” ސައީދު އިއުލާން ކުރެއްވި އެވެ.

ފެން މީޓަރުން ނަގާ 30ރ. ނުނެގުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވެމުން އަންނަ ވާހަކަ ފެނަކަ އިން އެންމެ ފުރަތަމަ ބުނެފައި ވަނީ 2019 ގަ އެވެ. އެ ވާހަކަ އެ ކުންކުނިން ފުރަތަމަ ދެއްކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އައްޑޫގެ މެނިފެސްޓޯ އެކުލަވައިލުމަށް ޖެނުއަރީ 25، 2019 ގައި އެމްޑީޕީން ބޭއްވި މަސައްކަތު ބައްދަލުވުމުގެ ތެރޭގަ އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: