ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރު މައްސަލަ: މުސާރަ ހިނގާ ގޮތަށް ސަސްޕެންޝަނުގައި ހަތް މަސް!

ވެންޓިލޭޓަރު މައްސަލައިގައި މިދިޔަ އަހަރުގެ އޯގަސްޓް މަހު ސަސްޕެންޑުކުރި ހެލްތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު އަދި ޝިޔާމާ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ހެލްތް މިނިސްޓްރީގެ ބެލުމުގެ ދަށުން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހިޔާނާތާއި، އަމިއްލަ މަންފާއަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި މަގާމުގެ މަސްއޫލިއްޔަތުން ސަސްޕެންޑުކޮށްފައި ތިއްބެވި ބޭފުޅުންގެ ސަސްޕެންޝަން އުވާލެވޭނީ އެބޭފުޅުންގެ އެއްވެސް މައްސަލައެއް ނެތްކަމަށް ތަހުގީގީ އިދާރާއަކުން އެންގުމުންކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ކޮވިޑުގެ ދުވަސްވަރު ހެލްތް މިނިސްޓްރީން ކުރި މަސައްކަތްތަކުގެ ތަފްސީލުތައް ހިމެނޭހެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ރިޕޯޓުން ބޮޑެތި މައްސަލަތަކެއް ފެންމަތިކޮށްފައި ވެއެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީގެ މަސައްކަތްތަކުގައި ބޮޑެތި އޮޅުވާލުންތަކާއި، ނާޖާއިޒް ފައިދާ ހޯދައިދިނުން އަދި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާ ގިނަ އަމަލުތަކެއް ހިންގާފައިވާކަން ވަނީ ހާމަވެފައެވެ.

އޭގެ ތެރޭގައި ބޮޑެތި ހަރަދުތަކެއްކޮށް ކުންފުނިތަކާއި ރާއްޖެ ގެނައުމަށް ހަވާލު ކުރި މެޑިކަލް ސާމާނުތައް ހިމެނެއެވެ. މި މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަބްދުﷲ އަމީން ހެލްތް މިނިސްޓަރުގެ   މަގާމުން އިސްތިއުފާ ދެއްވިއިރު އޮޑިޓު ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާ ބިޑު ކޮމިޓީގެ މެމްބަރުން ސަސްޕެންޑުކޮށް ގޭގައި މަޑުކުރުމަށް އެނގިތާ ވަނީ ހަތް މަސް ވެފައެވެ.

“ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން” ސިޔާސަތުގެ ދަށުން ރައީސް ސަސްޕެންޑު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓްރީގެ ބިޑު ކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު އާއި، ވެންޓިލޭޓަރުގެ އެއްބަސްވުމުގައި ސޮއި ކުރި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު އެވެ.

ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރައަކީ މަހަކު 35،500 ރުފިޔާއެވެ. އެއީ 20،500 ރުފިޔާގެ މުސާރަ އަދި 15،000 ގެ އެލަވަންސަކާ އެކުއެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ނުފުލި ދިގުލައިގެން ދާއިރު، މުސާރަ ހިނގާ ގޮތަށް މިނިސްޓްރީގެ އިސް ދެ ބޭފުޅަކު ސަސްޕެންގައި ތިއްބެވުމުން ސަރުކާރަށް ވަނީ ފާޑުކިއުން އަމާޒުވެފައެވެ. އެ މައްސަލައިގައި ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިއީ އަދި ވެސް ތަހުގީގު ކުރިޔަށް ދާ މައްސަލައެއް ކަމަށެވެ. އަދި މައްސަލަ އަވަސް ގޮތެއްގައި ނިންމާލުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ހެލްތް މިިނިސްޓްރީގެ އިސް ދެ ބޭފުޅަކު ސަސްޕެންޝަންގައި ތިއްބެވީ ތަހުގީގީ އިދާރާއަކުން އެ މައްސަލަ ތަހުގީގު ކުރަމުންދާތީ ކަމަށެވެ. އަދި އެ ބޭފުޅުންގެ ސަސްޕެންޝަން އުވާލެވޭނީ، ތަހުގީގަށްފަހު އެ ބޭފުޅުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށް އެންގުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

“މިއީ އަޅުގަނޑުމެންގެ އަތް މަތީގައި އޮތް ކަމެއް ނޫން. އެ ބޭފުޅުން ސަސްޕެންޝަންގައި ތިއްބެވީ ތަހުގީގަށް ވަޒީފާގެ ގޮތުން އެއްވެސް ނުފޫޒެއް އައިސްދާނެކަމަށް ބެލެވޭތީ” މަބްރޫކް

މިދިޔަ އޮގަސްޓު މަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ނިޝާމާ ވިދާޅުވީ، ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ބޭނުމުގައި އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި ވެންޓިލޭޓަރު ރާއްޖެ ގެނައުމުގައި ބިޑު ކޮމިޓީގެ މާބޮޑު ދައުރެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށްފަހު އޭގެ ދުވަސްތަކެއް ފަހުން، ރައީސް އިބާރާހިމް މުހައްމަދު ސޯލިހުއަށް އެޑްރެސް ކުރައްވައި ނިޝާމާ ފޮނުވި ސިޓީއެއްގައި ވަނީ މައްސަލައިގައި ޝާމިލްވާ މީހުންގެ ނަންތައް ހާމަކުރަން ތައްޔާރަށް ހުންނެވިކަމަށް ބުނެފައެވެ. އަދި ވެންޓިލޭޓަރުން މަންފާ ލިބުނު މީހުންގެ ނަންތައް ހާމަ ކުރާނެ ކަމަށް ވިދާޅުވިއެވެ.

ނިޝާމާގެ ސިޓީގައި ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަ ކުރައްވާފައިވެއެވެ.

ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން ޚަރަދުކުރުމުގައި އެހެން ފަރާތްތަކަށް ނަހަމަ ފައިދާތަކެއް ހޯދައިދިން ފަރާތްތައް ހާމަކޮށް މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ހާމަކޮށް ތަހުގީގީ އިދާރާތަކަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް ބޭނުންވާ ކަމަށް ނިޝާމާ ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްގެ ގޮތުން އޭނާގެ މައްސަލައެއް ވެސް ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް އޭނާ މަސައްކަތް ކުރެއްވީ އެއްވެސް ނުބައި ނިޔަތެއް އަދި ގާނޫނާ ޚިލާފު އަމަލެއް ހިންގަވާކަށް ނޫން ކަމަށެވެ.

ހެލްތް މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލު ކުރި މައްސަލައިގައި، މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވާތީ އާއްމުންގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އަދި ދައުވާކޮށް ދިނުމަށް އެދި އޭސީސީން ފޮނުވި ރިޕޯޓުން ދެ ވަނަ ފަހަރަށް ޕީޖީން ދަނީ މުރާޖައާ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: