ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޝީލްޑްގެ ދެވަނަ ޑޯޒް 1721 މީހުން ޖަހައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން މިއަދު ފަށައިފިއެވެ.

ކޮވިޝީލްޑްގެ ދެވަނަ ޑޯޒް އިއްޔެ ދޭން ފެށީ ފެބްރުއަރީ 1 އިން 4 އާއި ދެމެދު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށެވެ.

އިއްޔެ ދެވަނަ ޑޯޒް ކުރިއަށް ގެންގޮސްފައިވަނީ މާލެ ސަރަހައްދުގައެވެ. މާލެ ސަރަހައްދުގައި އިއްޔެ ވަނީ 1،149 މީހުން ފުރަތަމަ ދެވަނަ ޑޯޒް ޖަހާފައެވެ. މިއާއިއެކު ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދުވަނީ 1،721 އަށް އަރާފައެވެ. އެޗްޕީއޭއިން ރަސްމީކޮށް މިއަދު ދެވަނަ ޑޯޒް ދޭން ފެށި ނަމަވެސް ޚާއްސަ ހާލަތުގައި ދިޔައީ ދެވަނަ ޑޯޒް ވެކްސިން ދެމުންނެވެ.

އިއްޔެ ވަނީ ފުރަތަމަ ޑޯޒްވެސް ޖަހާފައެވެ. އެގޮތުން ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވަނީ 409 މީހުންނެވެ. އަތޮޅު ތަކުން 2،213 މީހުން ފުރަތަމަ ޑޯޒް ޖަހާފައެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖޭގައި ފުރަތަމަ ދޭން ފެށީ އިންޑިއާއިން ހަދިޔާކުރި، އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ، ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތުގައެވެ.

މިހާތަނަށް ރާއްޖޭގެ އާބާދީގެ ދެލައްކަ ސާޅީސް އެއް ހާސް އެއް ސަތޭކަ ހަތާވީސް މީހުން ވަނީ ވެކްސިން ޖަހާފައެވެ. މީގެތެރޭގައި ބޮޑު އިންސައްތައެއް ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިންއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: