ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޅ އަތޮޅުގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ މަޖިލީހަށް ކުއްލި މައްސަލައެއް!

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޅ އަތޮޅުގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މަައްސަލާގައި ބުނެފައި ވަނީ އަތޮޅުގެ އެހެން ރަށްރަށުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރި ފެލިވަރުގެ އިތުރުން ނައިފަރާއި ހިންނަވަރު، ކުރެންދޫ އަދި އޮޅުވެލިފުށި މޮނިޓަރިންގެ ހާލަތުގައި އޮތުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ހާސްކަމާ ބިރުވެރިކަން އުފެދިފައިވާކަމަށެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ މި ހާލަތުގައިވެސް ޅ އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ނިޒާމެއް ޤާއިމުވެފައި ނެތްކަމަށާއި، ސާމްޕަލްގެ ނަތީޖާއަށް އެތައް ދުވަހަކު އިންތިޒާރުކުރަންޖެހޭ ކަމަށެވެ.

އެހެންކަމުން ޅ. އަތޮޅުގެ ރައްޔިތުން މިހާތުން އަރައިގަތުމަށްޓަކައި ރައްޔިތުންނަށް ސަރުކާރުން ހާއްސަ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެގޮތުން ސަރުކާރުގެ އިހުމާލުގެ ސަބަބުން ރައްޔިތުންނަށް ލިބުނު ބޮޑު ގެއްލުމުގެ ބަދަލު ހޯދައިދިނުމަށާއި، ރައްޔިތުން ލޯނުތަކަށް ދައްކަންޖެހޭ ފައިސާ މަޑުޖައްސާދިނުމަށާއި، ކަރަންޓު ބިލުތަކަށް ލުޔެއް ހަމަޖައްސަވާ ދެއްވާ، ޅ. އަތޮޅުގެ ރަށްތަކަށް ކުރިމަތިވެފައިވާ ދަތިހާލަތުން އަރައިގަތުމަށްޓަކައި ވީއެންމެ އަވަހަށް އެކަށީގެންވާ ރަނގަޅު ފިޔަވަޅުތައް އެޅުމަށް ގޮވާލާކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނައިފަރު މީހުންނަކީ ޅ. އުތުރުގެ ރަށްތަކުގެ ތެރެއިން އެންމެ މުއްސަނދި މީހުން ދިރިއުޅޭ ރަށް. އަދި އެންމެ ޖާހިލުން ގިނަ ރަށް. ޖާހިލުންނަށް ތި ހުރިހައި ކަމެއް ކޮށްދިނަސް ބުނާނީ ތީ ޝިޔާމު ދިން ކަންކަން ކަމުގައި. ސަރުކާރުން ކޮށްދިން ކަމެއް އެމީހުންނަކަށް ނޯންނާނެ. މިހާލަތަށް ވެސް ދިޔައީ ކަންފަތަށް އަޑުނާހާ، ލޮލުން ނުދެކި ކަނުވެފައި ތިބުމުގެ ސަބަބުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: