ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރު މި ހިންގެނީ ރައީސް ޔާމީން ގެނައި ތަރައްގީގެ ސަބަބުން: ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު މި ހިންގެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެނައި ތަރައްގީގެ ސަބަބުން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށް ފަހު” ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގަތް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ރާއްޖެއަށް ގެނައި ތަރައްގީ މިއަދުވެސް ލޮލަށް ފެންނަން އެބަހުރި ކަމަށާއި މިހާރުގެ ސަރުކާރަށް އެވަރު ބޮޑު ތަރައްގީއެއް ނުގެނެވޭނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ދައުލަތަށް އާމްދަނީ ހޯދުމަށް 300 މިލިއަން ޑޮލަރު (4.6 ބިިލިއަން ރުފިޔާ) ގެ ސުކޫކު ވިއްކުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލު ކުރުން ވެސް އެނގިގެން ދަނީ އެތަނުގެ އަސްލު އަގު ހުރި މިންވަރު ކަމަށާއި އެހެން ކަމުން އެތަން ހަދާފައި އެހުރީ ނު އަގުގައި ކަމަަށް ބުނެވޭނެ ޖާގައެއް ނެތް ކަމަަށެވެ.

“އެތަނުގައި އަގުވެސް އެބަހުރިތާ. މި ސަރުކާރު މި ހިންގަނީ އަޅިގަނޑުމެން ކޮށްފައި ހުރި މަސައްކަތްތަކެއްގެ ސަބަބުން. މި ސަރުކާރުގައި މުސާރަދޭން ތިބި ބަޔަކަށް މުސާރަ މިދެވެނީ އަޅުގަނޑުމެން އޭރު ކޮށްފައި ހުރި ކަންތައްތަކެއްގެ ސަބަބުން މި ލޯނު ހޯދަނީ. އެކަމަކު ލޯނު ނުނަގަން އައި ސަރުކާރެއް މިއީ. އަޅުގަނޑުމެން ވިއްޔާ އެހުރީ ލޯނު ނަގައިގެން އެސެއްޓް ކްރިއޭޓް ކޮށްފައި.” ޝިޔާމް ވިދާޅުވިއެވެ.

ބޭރުގެ ފަރާތްތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށްޓަކައި އިސްލާމިކް ކޯޕަރޭޝަން ފޯ ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާ އެކު ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ރަޖިސްޓްރީ ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރަން އެ މިނިސްޓްރީން ވަނީ އެދިފަ އެވެ. އެކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: