ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީގައި ކޮވިޝީލްޑް ދެވަނަ ޑޯޒު ދޭން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށީ ސިޓީގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ފަށައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ސިޓީގައި ކޮވިޝީލްޑް ދެވަނަ ޑޯޒު ޖަހައިދޭން ފެށީ މިއަދު ކަމަށާއި ވެކްސިން ޖެހުން ކުރިޔަށް ދަނީ އަމީރު އަމީން ސްކޫލްގައި ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ ކޮވިޝީލްޑް ދެ ވަނަ ޑޯޒު ދިނުމަށް އަދި ހަމަޖައްސާފައިވަނީ ތިން ދުވަހު ކަމަށެވެ. އެއީ މިއަދާއި މާދަމާ އަދި ބުރާސްފަތި ދުވަހު ކަމަށެވެ.

އެ ސިޓީގައި ވެކްސިންގެ ދެވަނަ ޑޯޒު ޖަހައިދެމުންދާން މިދިޔަ ފެބްރުއަރީ އަށްވަނަ ދުވަހުގެ ނިޔަލަށް ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށެވެ. އެ މުއްދަތުުގައިި ވެކްސިން ޖަހާފައިވާ ކޮންމެ މީހަކަށްވެސް އެ ސްކޫލަށް ގޮސް ވެކްސިން ޖެހޭނެ އެވެ.

ދެވަނަ ޑޯޒު ޖަހަން ދާ މީހުން ވެކްސިން ކާޑާއި އައިޑީކާޑު، ލައިސެންސް ކާޑު ނުވަތަ ޕާސްޕޯޓު ގެންދިއުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ޑެވަނަ ޑޯޒު ޖަހައިދޭ މުއްދަތުގައި ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖެހުމުގެ ފުރުސަތުވެސް އޮންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: