ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ޖަނަރޭޓަރުތަކެއް ގެންގޮސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ޖަނަރޭޓަރުތަކެއް އެ ސިޓީއަށް ގެންގޮސްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އައްޑޫއަށް އިތުރު ޖަނަރޭޓަރުތަކެއް ގެންދިޔައީ، ކުރިއަށް އޮތް ރޯދަމަހަކީ، ހޫނު މޫސުމަށް ވެފައި އައްޑޫގެ ކަރަންޓު ހާލަތު ނާޒުކު ހާލަތެއްގައިވާތީކަމަށެވެ. އައްޑޫޢަށް ގެންދިޔަ ޖަނަރޭޓަރުތަކާއެކު ކަރަންޓުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެކަމަށް ފެނަކައިން ބުންޏޭވެ.

ފެނަކައިގެ މެނޭޖިނގް ޑިރެކްޓަރ އަހުމަދު ސައީދު މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ، އައްޑޫގެ ކަރަންޓަށް އަދިވެސް އެންމެ އެކަށީގެންވާ ހައްލެއް ލިބިފައިނުވާކަމަށާއި، އެހެން ކަމުން އައްޑޫގެ ކަރަންޓު ނެޓްވޯކުގެ އަމަލީ މަސައްކަތް ވީއެންމެ އަވަހަށް ފެށުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. ފެނަކައިން ބުނެފައިވަނީ އައްޑޫއަށް ރޯދަމަހާ ދިމާކޮށް އެ ސިޓީއަށްގެންދާ ޖަނަރޭޓަރުތަކުގެ ސަބަބުން ދާއިމީ ހައްލެއް ލިބެންދެން، މިހާރުދިމާވާ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.

އައްޑޫސިޓީ ކަރަންޓު ނެޓްވޯކް ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް މިވަގުތު ފަށާފައިވާއިރު ޗައިނާގެ ޑޯން ފަންފޭންގް އިލެކްޓްރިކް އިންޓަރނޭޝަލްއާއެކު، އައްޑޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް 20 މެގަވޯޓުގެ ކަރަންޓު އުފައްދާނެ އިންޖީނުގެއެއް ޤާއިމު ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މިއީ 37.5 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: