ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަޒައިލްގެ މައްޗަށް ހެއްކެއް ނުހޯދުމުން މައްސަލަ ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސަސްޕެންޑްކޮށްފައިވާ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމްގެ މައްޗަށް ތުހުމަތު ކުރި މަނީލޯންޑަރިންގެ މައްސަލައިގައި އޭނާގެ މައްޗަށް ހެއްކެއް ނުހޯދި، މައްސަލަ ނިންމާލައިފި އެވެ.

ޝަޒައިލްގެ މައްޗަށް ކުރެވުނު ރިޝްވަތުގެ މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ނިންމައި އޭނާގެތަހުގީގުގެ ތެރެއިން އިތުރު 4 ތުހުމަތެއް އޭނާގެ މައްޗަށް ކުރެވުނު ކަމަށް ބުނެ އޭނާގެ މައްޗަށް މަނީ ލޯންޑަރިން މައްސަލައެއް ތުހުމަތުކޮށް ފުލުހަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރުމަހުއެވެ.

ނަމަވެސް މިއަދު ފުލުހުން ޝަޒައިން އަށް ދޫކުރި ލިޔުމުގައި ބުނެފައިވަނީ އޭސީސީން މަނީ ލޯންޑަރިންގެ ތުހުމަތު ކުރިނަމަވެސް، އެފަދަ މައްސަލައެއް ފާހަގަ ނުވާތީ ފުލުހުން އެނާގެ މައްސަލ ފައިލްކުރި ކަމަށެވެ.

ޝަޒައިލްއަށް ރިޝްވަތުގެ ތުހުމަތު ކުރެވި އެމައްސަލަ އޭސީސީން ތަހުގީގު ކުރަން ފެށީ، ރައީސް އޮފީހުގެ “ޒިރޯ ޓޮލަރެންސް” ޕޯޓަލްއަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އެމައްސަލަ ރައީސް އޮފޯހުން އޭސީސީއަށް ހުށަހެޅުމުންނެވެ. އެމައްސަލާގައި މިއަހަރުގެ އޮކްޓުބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޭނާހުރީ ސަސްޕެންޝަނުގައެވެ.

މީގެއިތުރުން މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމިޓީން ވެސް ބެލިއެވެ. އެގޮތުން އެކޮމިޓީން ވަނީ މިހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި، މައްސަލަ ތަހުގީގުކޮށް ނިންމުމަށް އޭސީސީގައި އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: