ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާފްލެޓް ލިބުނު ފަރާތްތަކާއެކު ގުރުއަތުލުން ބުރާސްފަތި ދުވަހު!

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ  ފްލެޓުތައް ލިބުނު ފަރާތްތަކަށް ފްލެޓު ލިބޭ ސަރަހައްދު ކަނޑައެޅުމަށް ގުރުއަތުލުން ބުރާސްފަތި ދުވަހު ބޭއްވުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފިއެވެ.

އެޗްޑީސީން ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދެއްވުމަށް ހިންގަވާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތް ކޮށްފައިވާ 6720 ފްލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފްލެޓެއްކަން ކަނޑައެޅުމަށްޓަކައި ފްލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތެއްލައި، އެފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އެ ކޯޕަރޭޝަނާ ހަވާލުކޮށްފައި ކަމަށެވެ.

އެޗްޑީސީން ވިދާޅުވީ، އެންމެ ފުރަތަމަ ޤުރުޢަތު ނަގާނީ H10 (ޙާއްޞައެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީން ކަމަށެވެ.

ގުރުއަތު ނަގާނީ ބުރާސްފަތި ދުވަހުގެ ހެދުނު 9:00 އިން ފެށިގެން ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ. ގުރުއަތު ނަގާނީ، މި ކެޓަގަރީ އިން ފްލެޓް ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތް ތަކުގެ އައި.ޑީ ކާޑުގެ ނަމްބަރު ތަރުތީބުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: