ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައުދީން ހަދިޔާކުރި ކަދުރު ލިބޭނެ ފަރާތްތައް ކަނޑައަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސަޢުދި ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި ކަދުރު ލިބޭނެ މީހުން އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ

ސަޢުދި ޢަރަބިއްޔާއިން މިއަހަރު ވަނީ ރާއްޖެއަށް 25 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. މިއީ ކުރީ އަހަރުތަކާއި އަޅާބަލާއިރު މަދު ޢަދަދެކެވެ. މީގެކުރިން ސަޢުދީން ރާއްޖެއަށް ހަދިޔާކުރަނީ 50 ޓަނުގެ ކަދުރެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއަހަރު ސައުދީން ހަދިޔާކުރި 25 ޓަނުގެ ކަދުރު ބަހާނީ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ 10944 މީހުންގެ ތެރެއިން ކޮންމެ މީހަކަަށް ޕެކެޓެއްކަމަށެވެ. އަދި ކުޑަކުދިން ހިޔާއާއި ފިޔަވަތީގައި ތިބި ކުދިންނާއި، ގުރަައިދޫ މަރުކަޒުގައި ތިބި މީހުންނާއި ކަރެކްޝަންގެ ބެލުމުގެ ދަށުގައި ޖަލުގައި ތިބި މީހުނަށްވެސް ކަދުރު ދޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ފަގީރުންނަށް، އިސްލާމިކް މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަށާއި ސިޓީތަކުގައި އެރަށެއް އަދި އެސިޓީ ކައުންސިލުންކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: