ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބާ ގުޅޭ ގޮތުން އެޗުއާރުސީއެމުން އިލެކްޝަންސް ކޮމިޝަނާ މަޝްވަރާ ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅޭ ގޮތުން އެޗްއާރުސީއެމުން އިލެކްޝަންސް ކޮމިޝަނާ އެކު މަޝްވަރާ ކޮށްފިއެވެ.

އެޗްޕީއޭ ވެސް ބައިވެރިވި މި މަޝްވަރާތަކުގައި ކޮވިޑާއި ގުޅިގެން ވޯޓުލުމުގެ ހައްޤު ހަނިވެގެން ހިނގައިދާނެ ކަންކަން ފާހަގަވެފައިވާތީ އެކަންކަމާ ގުޅިގެން ކޮމިޝަންގެ ހުރި ކަންބޮޑުވުންތައް މި ދެ މުއައްސަސާއާ ހިއްސާ ކޮށްފައިވެއެވެ. އަދި އެކަމުގައި ކޮމިޝަނަށް ފާހަގަކުރެވޭ ލަފާވެސް ވަނީ ދީފައެވެ.

މީގެ އިތުރުން ރާއްޖޭގައި އަދިވެސް ކޮވިޑް-19 ފެތުރެމުންދާކަން ފާހަގަކޮށް ވޯޓާ ގުޅިގެން ލިބިގެންވާ ހައްޤުތަކާއެކީ ފުރިހަމަ ސިއްހަތެއްގައި ހުރުމުގެ ހައްޤަކީވެސް މުހިންމު  ހައްޤެއްކަން ކޮމިޝަނުން ވަނީ ބަޔާން ކޮށްފަ އެވެ. އެހެންކަމުން ހެދިފައި ހުރި އުސޫލުތަކާއި އެހެނިހެން އިންތިޒާމުތަކުގެ ތެރެއިންވެސް މި ދެކަމަށް ރިޢާޔަތްކުރެވިގެން ދިޔުމުގެ މުހިންމުކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އިންތިޚާބު އޮންނަ ދުވަހު ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް ކޮމިޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެތަނުން ވަނީ ވިދާޅުވެފައެވެ.

އެޗްއާރުސީއެމް އިން ވަނީ ފުލުހުންނާ ވެސް ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި އިންތިޚާބު އޮންނަ ދުވަހު ފުލުހުން ހަރަކާތްތެރިވާނެގޮތާއި  ފުލުހުންގެ ޒިންމާ އަދާކުރެއްވުމަށް ކުރައްވާނެ މަސައްކަތްތަކާއި އެކަންކަން ރޭވިފައި އޮތް ގޮތާއި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް ވޯޓުލުމުގެ ހައްޤު ކަށަވަރުކުރުމަށް ކަނޑައަޅުއްވަފައިވާ އިންތިޒާމްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ފުލުހުންގެ ހަރަކާތްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންތިޚާބު އޮންނަ ދުވަހުވެސް ފުލުހުން މަސައްކަތް ކުރަމުންދާނެތީ އެފަދަ ފުލުހުންގެ ވޯޓުލުމުގެ ހައްޤު ކަށަވަރުވެފައިވާ ގޮތް ކޮމިޝަނުން ވަނީ އޮޅުން ފިލުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: