ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަންގެ މައްސަލަތައް ބަލަން އަހަރަކު 31 މިލިއަން ހަރަދު ކޮށްފައި، ދަޢުވާކުރަން ހުށަހަޅަނީ އަހަރަކު ދެ މައްސަލަ: ދުންޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަންގެ މައްސަލަތައް ބަލަން އަހަރަކު 31 މިލިއަން ހަރަދު ކޮށްފައި، ދަޢުވާކުރަން ހުށަހަޅަނީ އަހަރަކު ދެމައްސަލަ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވިއެވެ.

ދުންޔާ މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ތަފާތުވަނީ ފަންތީގެ ތަފާތު ކުރުމެއް ނެތި ކޮރަޕްޝަނުގެ މައްސަލަތައް ބަލާތީ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ދުންޔާ ކުރެއްވި ޓްވީޓެއްގައި ވަނީ އަމީރު އެކަހަލަ ވާހަކަފުޅު ދައްކަވާއިރު ކޮރަޕްޝަންގެ މައްސަލަތައް ބަލަން އަހަރަކު 31 މިލިއަން ހަރަދު ކޮށްފައި، ދަޢުވާކުރަން ހުށަހަޅަނީ އަހަރަކު ދެމައްސަލަކަން މިނިސްޓަރަށް އިނގިވަޑައިން ނުގަންނަވަނީތޯ ސުވާލު ކުރައްވާފައެވެ.

މިނިިސްޓަރު އަމީރު އިއްޔެ ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަން އޮތް ވަރަށް ބަލާ އިރު ކުޑަ ދުވަސްކޮޅަކުން އެކަން ހައްލު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތުގައި މި ސަރުކާރު ހުރިހާ ގޮތަކުން ވެސް ތަފާތު ކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: