ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް “ސަރުކާރުގަ” ކަންކަން ކޮށްދީފައިވުމަކީ، އެމްޑީޕީ “ސަރުކާރެއްގަ” ޕީޕީއެމް “ކައުންސިލެއް” ހޮވަން ޖެހޭ ސަބަބެއް ނޫން!

ޝެއާރކޮށްލާ ކަހަލަދޯ؟

“ބްރިޖް އެޅީ އަޅުގަނޑުމެން. ޕީޕީއެމް. ރައީސް ޔާމީން. އެހެންވީމަ ކައުންސިލަށް އަޅުގަނޑުމެންނަށް ވޯޓު ދެއްވާ”

“ރަށުގެ ނަރުދަމާ އަޅާ މިސްކިތެއް ބިނާކުރީ ޕީޕީއެމް ސަރުކާރުގަ. އަޅުގަނޑުމެނަށް ވާނެ. ވޯޓު ދެއްވާ”

މި ޖުމްލަތަކަކީ ޕީީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިންގައި ބޭނުންކުރަމުން އަންނަ ބައެއް ޖުމްލަތަކެވެ.

އާއެކެވެ. ތިޔަ ވިދާޅުވަނީ ތެދަށެވެ. ބްރިޖު އެޅީ ޕީޕީއެމްއިންނެވެ. ޕީޕީއެމް ސަރުކާރުގައެވެ. ރައީސް ޔާމީންގެ ޒައާމަތުގައެވެ. ޝުކުރު ހައްގުވާ ވަރަށް ކަންކަން ކޮށްދެއްވިއެވެ. އެ ކޮށްދިން ކަންކަމުގެ ތެރެއިން “ކަޓެއް” ނެންގެވި ކަމެއް ނުނަންގަވާ ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ތުންތުން މަތިން ކިޔަނީ ކެޔޮ ކޭ ކަމަށެވެ. ރައީސް ޔާމީން އޮންނެވީ އެފަދަ މައްސަލައެއްގައި ދައުވާކޮށް ހުކުމްކޮށް ޖަލުގައެވެ.

ރައީސް ޔާމީންގެ ތިޔަ ކިޔާ ހުރިހާ ޚިދުމަތްތަކަށް ދިވެހިން ނޫނެކޭ ބުނެ ވަނީ ރިޔާސީ އިންތިޚާބުން އެމަނިކުފާނު ބަލިކޮށްފައެވެ. ގައިމު ތަރައްގީއެއް ކޮށްދީގެން ހޮވާނަމަ ދިވެހިން ރައީސް ޔާމީން ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ރަށްރަށުގެ ތަރައްގީ ޕްރޮޖެކްޓްތަކާއި، ސިނަމާލެ ބްރިޖާއި، ދަރުމަވަންތަ މިސްކިތާއި، ލާމު ލިންކު ރޯޑާއި، އެއަރޕޯޓުތަކާއި، އެތަށް ކަމެއް ކޮށްދެއްވިއެވެ. ނަމަވެސް ވޯޓު ލީ ދުވަހު ދިވެހިން އެކަމެއް ހަނދާން ނެތެވެ. ނޫނީ ހަނދާންކުރަން ބޭނުންވެސް ނުވީއެވެ.

ކޮންމެއަކަސް ޕީޕީއެމްގެ ކެންޑިޑޭޓުން އަނެއްކާވެސް ނިކުމެ އެ ފޮޓޯ ތަކާއި އެ މަންޒަރުތައް ވިއްކަން މަސައްކަތް ކުރުމުގެ މާނައެއް ނެތެވެ. ސަބަބުތައް ދަންނަވާލާނަމެވެ.

ފުރަތަމަ ކަމަށް އެ ކަންކަން ކޮށްދެއްވި ރައީސްވެސް ދިވެހިންގެ މެޖޯރިޓީއަކަށް ކަމަކު ނުދިޔައެވެ. އެ ޕާޓީއަށްވެސް ދިވެހިން ދެ އިންތިޚާބުގަ ނޫނެކޭ ބުނުމުން އެ ފޮޓޯތައް ނުވިކޭނެކަން މިއަދު ގަބޫލުކުރަން އެބަ ޖެހެއެވެ.

ދެން އޮތީ އެންމެ ބޮޑު ސަބަބެވެ. އޭރުގައި އޮތީ ޕީޕީއެމް ވެރިކަމެކެެވެ. އެ ވެރިކަމުން ގައުމު ތަރައްގީ ކުރި ގޮތަށް އަދަކު ޕީޕީއެމް ކައުންސިލަކަށް އެކަމެއް ނުވާނެއެވެ. އޭރުގަ ޕީޕީއެމް ކައުންސިލުން އެދޭ ކަންކަން ޕީޕީއެމް ސަރުކާރުން ކޮށްދިނަސް މިއަދު އެކަން އެގޮތަށް އެދޭނެ ޕީޕީއެމް ސަރުކާރެއްވެސް ނެތެވެ. އޮތީ އެމްޑީޕީ ސަރުކާރެކެވެ. އެހެން ކަމުން ކުރިން ކޮށްފަ އޮތް ތަރައްގީއަކަށް މިއަަދު ވޯޓު ދޭން ޖެހޭ ސަބަބެއް ނެތެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާއެކުގައި ކައުންސިލްތަކަށް އެތައް ބާރެއް ލިބިގެން ދާއިރު، ކޮންމެ ރަށަކަށް އެކަށޭނެ ސިޔާސަތެއް ކަނޑައަޅާ އެ ސިޔާސަތު ވިއްކުން މާ ބުއްދިވެރިއެވެ. ރައްޔިތުންނަށް މާޒީ ދައްކައިގެން ކުރި ލިބެކަށެއް ނެތެވެ. އެއީ ވޯޓު ދޭން ޖެހޭ ސަބަބެއް ކަމަކަށް ނުވެއެވެ. ތިޔަ ބޯދާ ޚިޔާލު ދޫކޮށްލާށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: