ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީ ނާކާމިޔާބުވީ އެމްޑީޕީ ބައިބައިވުމުގެ ސަބަބުން: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް--
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގްރޭޓާ މާލެ ސަރަހައްދުން އެމްޑީޕީއަށް ނާކާމިޔާބީ އާ ކުރިމަތިލާން ޖެހުނީ އެތެރޭގައި ހުރި ރެނދުތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިއަދު ވިދާޅުވީ ސަރުކާރާ ދޭތެރޭ އޮތް ހިތްހަމަނުޖެހުމާއި، ރައްޔިތުންގެ އުއްމީދުތައް މާ އުހުގައި ހުރުމުގެ ސަބަބުން އެމްޑީޕީއަށް މިފަހަރު މާލެ ސިޓީގެ ގޮޑިތައް ނާކާމިޔާބުވީ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް މާލެ ސިޓީގެ މޭޔަރުކަމާ، ކައުންސިލްގެ މެޖޯރިޓީ ގެއްލުމާ ގުޅިގެން ފައްޔާޒް ވިދާޅުވީ މި ނާކާމިޔާބީ ގަބޫލުކޮށް، މިކަމުން ފިލާވަޅު ލިބިގެން ކުރިއަށް ވުރެ ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ވިދާޅުވެފަ އެވެ.

“މި އިންތިހާބަކީ މަލްޓި ޕާޓީ ޑިމޮކްރެސީއަށް ލިބުނު ކުރިއެރުމެއް،” ފައްޔާޒު ވިދާޅުވިއެވެ.

އިއްޔެ ބޭއްވިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މާލެ ސިޓީގެ 18 ގޮނޑީގެ ތެރެއިން އެ ޕާޓީއަށް މިހާތަނަށް ޔަގީން ކުރެވުނީ ހަތް ގޮނޑި އެވެ.

މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީ އަށް ގެއްލުނު ފުރަތަމަ ފަހަރެވެ. މާލެ ސިޓީގެ މޭޔަރު ކަމާއި ކައުންސިލްގެ މެޖޯރިޓީ ލިބިފައި ވަނީ އިދިކޮޅު ޕީޕީއެމް އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: