ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ހަގީގީ އަނިޔާއަކީ ޔާމީނަށް ދޭ އަނިޔާ”

ކުރީގެ ރައީސް ޔާމީން އަދި ޑރ ޝަހީމް ދެ ބޭފުޅުން ސަލާމް ކުރައްވަނީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެމުންދަނީ ހަގީގީ އަނިޔާ ކަމަށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގައި ޕީޕީއެމް އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ވާހަކަދައްކަމުން ޝަހީމް ވިދާޅުވީ ޔާމީނަށް އެމަނިކުފާނުގެ އަނބިކަނބަލުންނާއި އަދި ދަރިކަލުންނާއި ވެސް ބައްދަލުނުވެ ދެ އަހަރު ވެގެން ގޮސްފައިވާ ކަމަށާއި މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި އިންސާފު ހިނގާ ގޮތް ނޫން ކަމަށެވެ.

އަދި މިރެއިން މިރެޔަށް ވެސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި އިއްޔެ ބޭއްވި އިންތިހާބުގައި ދިވެހި ރައްޔިތުން އެކަމުގެ މައްޗަށް ބަސް އިއްވާފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

އަދި ޕީޕީއެމް އަށް ލިބުނު ކާމިޔާބީއަކީ ވެސް ޔާމީނަށްޓަކާ ދިން ކާމިޔާބީއެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: