ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދައާ ދިމާކޮށް ރެޑްވޭވުން އިތުރު ތަކެތީގެ އަގު ހެޔޮކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާންމަހު އާންމުކޮށް ރެޑްވޭވްގެ ފިހާރަތަކުން ވިކޭ 15 ބާވަތެއްގެ ކާބޯތަކެތީގެ އަގު ހެޔޮކޮށްފި އެވެ.

ރަމަޟާންމަހު އާންމުކޮށް ރެޑްވޭވްގެ ފިހާރަތަކުން ވިކިގެންދާ 15 ބާވަތެއްގެ ކާބޯތަކެތި ރެޑްވޭވްއިން މިއަދުވަނީ އަގުހެޔޮކޮށްފައެވެ. މިއަދަކީ ގިނަ ގޭބިސީތަކުން ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ވިޔަފާރިކުރާނެދުވަސް ކަމުން،  މިއީ ކަސްޓަމަރުންނަށް ދިން ހަދިޔާއެއްކަމުގައި ރެޑްވޭވްއިން މައުލޫމާތު ދެއްވައެވެ.

އެގޮތުން އަގުހެޔޮ ކުރެވުނު ތަކެތީގެ ތެރޭގައި ރޯޒްސިރަޕް 29 ރުފިޔާއަށް، އަލަނާސި ދަޅު 20 ރުފިޔާއަށް، ޑަބަލްޕީޗް ގެރިކިރު 12.5 ރުފިޔާއަށް، ފެލިވަރު މަސްދަޅު 12.25ރުފިޔާއަށް، ސަފާ ޓޮމާޓޯ ޕޭސްޓް ކުދިދަޅު 2.25ރުފިޔާއަށް އަދި ބޮޑުދަޅު 11.5 ރުފިޔާއަށް، ޑެއިޒީ މާރޖިރިން ކުދި 240 ގްރާމް ތަށި 24 ރުފިޔާއަށް އަދި 340 ގްރާމް ތަށި 36 ރުފިޔާއަށް، މަންޗީ މާރީ ބިސްކޯދު 26 ރުފިޔާއަށް، ނެސްލޭ ކްރީމް 24ރުފިޔާއަށް، ސަފިއްޔާ ސަންފްލާވަރ އޮއިލް 2ލީޓަރު 70ރުފިޔާއަށް، ރަގު ޕިއްޒާ ސޯސް 38ރުފިޔާއަށް، ކުކުޅުފައި 1ކިލޯ 45ރުފިޔާއަށް، ކެޝޫނަޓްސް 100ގްރާމް 28ރުފިޔާއަށް އަދި އަލްމަންޑް ނަޓްސް 100ގްރާމް 26ރުފިޔާއަށް މިހާރުވަނީ އަގުހެޔޮ ކުރެވިފައެވެ.

ރެޑްވޭވްއިން މައުލޫމާތުދޭގޮތުގައި ތަކެތީގެ އަގުހެޔޮކޮށް އާންމުން ރަމަޟާން މަހުކުރާ ބޮޑު ހޭދަޔަށް ލުޔެއްދިނުމަކީ އެކުންފުނީގެ އަމާޒެއް ކަމަށެވެ. ރެޑްވޭވްއިން މި ރަމަޟާން އަޒުމް ކަނޑައަޅާފައިވަނީ ގިނައަދަދެއްގެ ކާބޯތަކެތީގެ އިތުރުން އިލެކްޓްރޯނިކްސް އާ ހިފާގެންގުޅޭ ސާމާނު ރެޑްވޭވްގެ ފިހާރަތަކުގައި ހިމެނުމުގެ އިތުރުން އަގުހެޔޮކޮށް އެމުދާ ކަސްޓަމަރުންނަށް ފޯރުކޯށްދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: