ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފީ ނުދައްކާ، ގޭބިސީތަކުން ބޮޑެތި ބަރު ކުނި ނެރޭތީ ވެމްކޯގެ ކަންބޮޑުވުން!

ވެމްކޯގެ ވެށިފާރަވެރިން ގޭބިސީތަކުން ނެރެފައިވާ ކުނިތައް ނެގުމުގެ މަސައްކަތް ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގިނަ ގޭބިސީތަކުން ވެމްކޯގައި ރެޖިސްޓްރީނުކޮށް މަގުތަކަށް ބޮޑެތި ބަރު ކުނި ނެރެމުންދާތީ ވެމްކޯއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހު މާލޭގެ މަގުތައް މަތީ ކުނިތައް ގިނަވެ، އާއްމުންގެ ފާޑުކިއުންތައް އަމާޒުވީ ވެމްކޯއަށެވެ. އެހެން ނަމަވެސް ކުންފުނިން ވަނީ، ރޯދަ މަހު ކުނި ނެރެން ޖެހޭ ގަޑިތަކާއި އަދި ކުނި ކޮތަޅުތައް ގޭބިސީތަކުން ނެރުމުގައި އަމަލު ކުރަންޖެހޭ ބައެއް އުސޫލުތައް އާއްމުކޮށްފައެވެ.

ފާއިތުވި ދެ ދުވަހެއްގެ ތެރޭގައި އާދަޔާ ހިލާފަށް ކުނި ކޮތަޅުތައް ގިނަވެ، ބައެއް ކުނިތައް މަގުތަކަށް އެޅިފައި ހުއްޓެވެ. އަދި އެކަމާއި ގުޅިގެން ބަޔާނެއް އާއްމުކޮށް ވެމްކޯއިން ބުނީ މާލެ ސަރަހައްދުގެ އެކި މަގުތަކަށް ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައިވާ މައްސަލަތަކެއް ލިބިފައިވާ ކަމަށެވެ. އަދި ފާހަގަ ކުރެވުނު އެ ކުނިތަކަކީ ދުވަހުގެ ކުނި ނެގުމުގެ އުސޫލަށް ނުފެތޭ، ބޮޑެތި ކުނިތަކެއްކަމަށް ބުންޏެވެ.

ވެމްކޯއިން ބުނީ މާލެ ސަރަހައްދުގެ ގޭބިސީތަކުގެ އިމާރާތުގެ ތިރީ ފަންގިފިލާއިން ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދެމުން ދަނީ، ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބަލައި އެންމެގެ ރައްކާތެރިކަމަށް ބެލުމަށްފަހުގައި ކަމަށެވެ. އެހެން ނަމަވެސް، ރެޖިސްޓްރީ ކުރުމެއް ނެތި ގިނަ އަދަދެއްގެ ގޭ ބިސީތަކުން ކުނި ނެރެމުންދާކަން ވެމްކޯއިން ވަނީ ފާހަގަކޮށްފައެވެ.

ކުރިޔަށް މިދިޔަނީ ރޯދަމަސްކަމަށްވުމާއި އެކު ގޭބިސީތަކުން ދައްކަންޖެހޭ ފީ ދެއްކުމާއި އެކު ވެމްކޯގައި ރެޖިސްޓްރީ ނުކޮށް އެއްވެސް ގޮތަަކަށް ފީ ނުދައްކާ ފަރާތަކުން ވެސް ކުންފުނީގައި ރެޖިސްޓްރީކުރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކުރައްވާފަ އެވެ.

“މިބަރަކާތްތެރި ރަމަޟާންމަހު ރޯދައިގެ މަތިވެރި އަޅުކަމުގައި ތިއްބަވާއިރު، މިކޯޕަރޭޝަންގެ މަސައްކަތަށް ގޭބިސީތަކުން ދައްކަވަންޖެހޭ އުޖޫރައިގެ މަތިން ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ހިދުމަތަށް ރަޖިސްޓްރީކުރައްވާ، ބަރާބަރަށް ފީދެއްކުމަށް ހަނދާންކޮށްދެމެވެ.” ވެމްކޯ

ރޯދަ މަހަކީ އެހެން މަސްތަކާއި ހިލާފަށް ކުނި ގިނަވާ މަހެއްކަމުން، ހިދުމަތް ދިނުން ރާވާފައިވާނީ ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަވާނެ އުސޫލަކުންކަމަށް ބަޔާނުގައި ވެއެވެ.

ރޯދަ މަހުގެ ތެރޭގައި ކުނި ނެރެން ޖެހޭ ގަޑިއަކީ ރޭގަނޑުގެ 20:00 އިން 23:00 އާއި ދެމެދުގައެވެ.

މީގެ އިތުރުން ގެތަކުން އުކާލާ ބޮޑެތި އަދި ބަރު ކުނިތައް، އުކާލުމުގެ އިންތިޒާމު ހަމަޖައްސައި ކޮންމެ ދުވަހަކު ވެސް ކެޕްސްގެ ހިދުމަތް ލިބޭނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: