ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާން މަހަށް ހާއްސަކޮށް އުރީދޫއިން ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް!

އުރީދޫގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް ނޫރާ ޒާހިރު/ ފޮޓޯ: އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް މިދާ ރަމަޟާން މަހަށް ހާއްސަކޮށް އުރީދޫއިން ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ ނަޖީބް ޙާން ވިދާޅުވީ ރަމަޟާން މަހުގެ ބަރަކާތްލިބިގަތުމަށް ކުރެވޭ އަޅުކަމުގެ އިތުރުން އާއިލާއާއި ރައްޓެހިން އަދި އަވައްޓެރިންނާއި އޮންނަ ގުޅުން ބަދަހި ކުރުމަކީ ވެސް މުސްލިމުންގެ ސަގާފަތުގައި ހިމެނޭ މުހިންމު ރިވެތި ސިފައެއް ކަމަށެވެ. އެހެންކަމުން މި އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި އުރީދޫގެ ޕްރޮޑަކްޓްތައް އަދި ހިދުމަތްތައް މެދުވެރިކޮށް ހެޔޮ އަގުގައި ބޮޑެތި ފައިދާތަކެއް ލިބި ދުރުގައި ތިބި އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ގުޅުވާލަދެވުމަކީ ކުންފުންޏަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށް ނަޖީބް ވިދާޅުވިއެވެ.

ރޯދަ މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި އޮފާތަކުގެ ދަށުން މޫލީ މެދުވެރިކޮށް ރައުޓާރ ބައްލަވައިގަންނަ ފަރާތްތަކަށް 40 އިންސައްތަ ޑިސްކައުންޓު ލިބިގެންދާނެ އެވެ. އަދި ވޭތުވެ ދިޔަ އަހަރުތަކެކޭ އެއްގޮތަށް ގޭގައި ތިބެ އެމް-ފައިސާ އަދި ޕްރިޕެއިޑް ބެލެންސް މެދުވެރިކޮށް ފަސޭހަކަމާއި އެކު ޒަކާތް ދެއްކޭނެ އެވެ. އުރީދޫއިން ބުނީ ޒަކާތް ދެއްކުމަށް އުރީދޫގެ އެޕް ޑައުންލޯޑު ކުރުމަށްފަހު އެމް-ފައިސާގެ ހިދުމަތް ބޭނުން ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ޕްރިޕެއިޑް ކަސްޓަމަރުންނަށް ޕްރިޕެއިޑް ބެލެންސް މެދުވެރިކޮށްވެސް ފަސޭހަކަމާއެކު ފައިސާ ދައްކޭނެ އެވެ.  ޕްރިޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދެއްކުމަށް ޖެހޭނީ *909# އަށް ޑައަލް ކުރާށެވެ.

އުރީދޫއިން ބުނީ މި އަހަރު ވެސް ކަސްޓަމަރުންނަށް ނަމާދު ވަގުތުތަކުގެ އެލާޓު އެސްއެމްއެސް މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ. މިކަމާއި ގުޅޭ ވައިބަރ ސްޓިކަރ ޕެކް ޑައުންލޯޑް ކުރައްވައިގެން ނަމާދު އެލަރޓް އެކްޓިވޭޓް ކުރެވޭނެ އެވެ.

މީގެ އިތުރުން ވައިބާ ބޭނުން ނުކުރާ ފަރާތެއްނަމަ، ނަމާދު އެލާޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ހޯއްދެވުމަށް “GO” ޖެއްސެވުމަށް ފަހު 4777 އަށް އެސްއެމްއެސް ކުރުމުން މެސެޖުތައް ލިބޭނެ އެވެ.

އުރީދޫގެ ރީތި ޓިއުންސްއަށް “Ramadan” ޖެއްސެވުމަށް ފަހު 4000 އަށް އެސްއެމްއެސް ކުރުމުން ކީރިތި ގުރުއާންގެ އާޔަތްތައް މުޅިން ހިލޭ ލިބޭނެ އެވެ.

އުރީދޫ މޯލްޑިވްސް އިން ދާދިފަހުން ލޯންޗްކުރި އާޗާ ޕޯޓްފޯލިއޯގެ ދަށުން އުރީދޫ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ހަގުނަ އިތުރު ޑޭޓާ ހެޔޮ އަގުގައި ލިބި އާއިލާއާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށް، އިންޓަނެޓްގެ ފުރިހަމަ ތަޖުރިބާއެއް ހޯދުމަށްވަނީ ފަހިކޮށްދީފައެވެ.

އާޗާ ޕްރިޕެއިޑް ޑެއިލީ ޑޭޓާ ޕްލޭންސް

އާޗާ ޕްރިޕެއިޑް ޑެއިލީ ޕްލޭންތައް މެދުވެރިކޮށް މުޅި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 2 ޖީބީ އާއި ހަމައަށް ޑޭޓާ އަދި އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެއެވެ. އާޗާ ޕްރިޕެއިޑް ޑެއިލީ ޑޭޓާ ޕްލޭންސް މެދުވެރިކޮށް ހެޔޮ އަގުގައި ޕްރިޕެއިޑް ކަސްޓަމަރުންނަށް 3ގުނަ އިތުރު ޑޭޓާ ލިބިގެންދާނެއެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންސް އަގު (ރުފިޔާ) ކޮންމެ މަހަކަށް ލިބޭ އެލަވަންސް ބޭނުންކުރެވޭ މުއްދަތު

ކޮންމެ ދުވަހަު 1ޖީބީ/ޑޭ ވީކްލީ ޕްލޭން

150 7 ޖީބީ (ދުވާލަކު 1 ޖީބީ ޑޭޓާ)

އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް

7 ދުވަސް

ކޮންމެ ދުވަހަު 1ޖީބީ/ޑޭ މަންތްލީ ޕްލޭން

500

30 ޖީބީ (ދުވާލަކު 1 ޖީބީ ޑޭޓާ)

އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް

30 ދުވަސް

ކޮންމެ ދުވަހަު 2ޖީބީ/ޑޭ މަންތްލީ ޕްލޭން

750 60 ޖީބީ (ދުވާލަކު 2 ޖީބީ ޑޭޓާ)

އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް

30 ދުވަސް

 

އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓް ކޮށްލުމަށް:

  • އުރީދޫ އެޕް do/app އަށް ޒިޔާރާތްކޮށްލައްވާށެވެ.
  • އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް *929*2# އަށް ގުޅުއްވާ.

އާޗާ ޕޯސްޓްޕެއިޑް ޕްލޭންސް

އުރީދޫ އާޗާ ޕޯސްޓްޕެއިޑް ޕްލޭންތަކާއި އެކު، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 6 ގުނަ އިތުރު ޑޭޓާއާއެކު މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދެއެވެ. މި އައު ޕްލޭންތައް މެދުވެރިކޮށް ކޮންމެ ދުވަހަކު 2ޖީބީ އިން ފެށިގެން 6ޖީބީ އާއި ހަމައަށް ޑޭޓާ އައުވެގެންދިއުމުގެ އިތުރުން އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެއެވެ.

 

އާޗާ ޕޮސްޓްޕެއިޑް ޕްލޭންސް

އަގު (ރުފިޔާ) ކޮންމެ މަހަކަށް ލިބޭ އެލަވަންސް ބޭނުންކުރެވޭ މުއްދަތު

އާޗާ ޕޯސްޓްޕެއިޑް 600

600

60 ޖީބީ (ދުވާލަކު ރެގިއުލާ 1 ޖީބީ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އަށް 1ޖީބި ޑޭޓާ)

އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް

އެހެން ނެޓްވޯރކްތަކަށް 300 މިނެޓް

30 ދުވަސް

އާޗާ ޕޯސްޓްޕެއިޑް 800

800

120 ޖީބީ (ދުވާލަކު ރެގިއުލާ 2 ޖީބީ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އަށް 2ޖީބި ޑޭޓާ)

އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް

އެހެން ނެޓްވޯރކްތަކަށް 600 މިނެޓް

30 ދުވަސް
އާޗާ ޕޯސްޓްޕެއިޑް 1000

1000

180 ޖީބީ (ދުވާލަކު ރެގިއުލާ 3 ޖީބީ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އަށް 3ޖީބި ޑޭޓާ)

އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް

އެހެން ނެޓްވޯރކްތަކަށް 1000 މިނެޓް

30 ދުވަސް

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: