ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމޭނީ އަންނަ ހުކުރު ދުވަހު: އީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ އިއުލާނުކުރަންފެށި، ލޯކަލް ކައުންސިލް އިންތިޙާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމޭނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށްކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ ވަގުތީ ނަތީޖާ އިޢުލާން ކުރުމުގެ މަސައްކަތް މިހާރުވެސް ކޮމިޝަނުން ކުރަމުންދާކަމަށެވެ. އަދި ބައެއް ދާއިރާތަކުގެ ވަގުތީ ނަތީޖާތައް މިހާރުވެސް އިޢުލާން ކުރެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ ކޮމިޝަނުން މިހާރު އަމާޒު ހިފާފައިވަނީ އަންނަ ހުކުރު ދުވަހުގެ ކުރިން ހުރިހާ ފޮށްޓެއްގެ ވަގުތީ ނަތީޖާ އިއުލާންކޮށް ދާއިމީ ނަތީޖާ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އިޢުލާން ކުރުމަށް ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލާފައިވަނީ ވޯޓްލުމަށް ޝަރުތުހަމަވާ މީހުންގެ 67 އިންސައްތަ މީހުންނެވެ.

އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރުމަށް އިލެކްޝަން ކޮމިޝަނަށް ލިބެނީ ވޯޓްލާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތެކެވެ.

ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކަށް 3،814 ކެންޑިޑޭޓުން ވާދަކުރި އެވެ. ކައުންސިލް އިންތިހާބުގައި 2،234 އަދި އަންހެނުންގެ ކޮމިޓީއަށް 1،580 ކެންޑިޑޭޓުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: