ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ދޭން މާލެ ގަނައުމުން، ރައީސް ޔާމީން އެކަމަށް ދެކޮޅު ހެއްދެވި: ކަރެކްޝަންސް

ޝަރީއަތަކަށްފަހު ރައީސް ޔާމީން އެނބުރި ޖަލަށް ގެންދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ދޭން މާލެ ގެނައުމުން އެކަމަށް އިންކާރު ކުރައްވާފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އަހުމަދު ނަސީމް “ސަންގު” އަށް ވިދާޅުވީ ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން މާލެ ގެނައީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެހެން ނަމަވެސް، ރައީސް ޔާމީން އެކަމަށް ދެކޮޅު ހައްދަވާފައިވާކަމަށް ނަސީމް ވިދާޅުވި އެވެ.

ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން ދެކޮޅު ހެއްދެވި ސަބަބާއި ގުޅޭގޮތުން ސުވާލު ކުރުމުން، ނަސީމް ވިދާޅުވީ އެކަމަށް އިންކާރު ކުރި ސަބަބެއް ރައީސް ޔާމީން ވިދާޅުނުވާކަމަށެވެ. އޭޑީކޭއަށް ގެނައުމުން އެކަމަށް އިންކާރު ކުރުމާއި އެކު، އަނބުރާ ރައީސް ޔާމީން މާލެ ގެންދިޔައީ ރޭގެ ވަގުތެއްގައި ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން ބޭނުންފުޅުވެއްޖެ ނަމަ މާލެ ގެނައުމުގެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށެވެ.

ރާއްޖޭގައި މި ވަގުތު އާއްމުކޮށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަމުން އަންނަނީ ޗައިނާގެ ސައިނޯފާމް ވެކްސިނުންނެވެ. ފައިޒާ ވެކްސިން ޖަހައިދެނީ ސީރިއަސް ބޮޑެތި ބަލިތަކަށް ފަރުވާކުރަމުން އަންނަ މީހުންނަށް އެކަންޏެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވަން ރައީސް ޔާމީން ދެކޮޅު ހެއްދެވިއިރު، ރޯދަ މަހު އެމަނިކުފާނު ގެއަށް ބަދަލުކޮށްދޭން އާއިލާގެ ފަރާތުންނާއި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ހުށަހަޅުއްވާފަ އެވެ. އަދި އެކަމާއި ބެހޭ މަޝްވަރާތައް ކުރަމުންދާކަމަށް ސަރުކާރުން ބުނެފައި ވެއެވެ. ބެލެވޭ ގޮތުން، ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން ދެކޮޅު ހެއްދެވީ އެ ސަބަބާއި ހުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: