ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ޖެހުމަށް ޔާމީން ދެކޮޅެއް ހެއްދެވި ވާހަކަ ވަކީލުން ދޮގުކޮށްފި

ރައީސް ޔާމީން ތަހުގީގަށް ހާޒިރުކުރުމަށްފަހު މާފުއްޓަށް ގެންދަނީ:_ ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ވެކްސިން ޖެހުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެކޮޅު ނުހައްދަވާ ކަމަށާއި އެމަނިކުފާނު ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވިކަމަށް ވިދާޅުވެ ކަރެކްޝަނަލް ސާވިސް އިން މީޑިއާތަކަށް މައުލޫމާތު ދެއްވީ އެމަނިކުފާނު ބަދުނާމުކޮށް އެމަނިކުފާނުގެ އަގު ވައްޓާލުމަށްޓަކައި ކަމަށް ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން ކޮވިޑް ވެކްސިން ޖެހުމަށްޓަކައި އެމަނިކުފާނު ރޭގެ ވަގުތެއްގައި މާލެ ގެނައުމަށްކަމަށް ބުނެ މާފުށީ ޖަލުން ފުރި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ލޯންޗު މާލޭ އުތުރު ފަރާތު 01 ނަންބަރު ޖެޓީ ސަރަޙައްދު ބޭރުގައި، ޓްރާންސްޕޯޓް ހަމަނުޖެހޭ ކަމަށް ބުނެ، އެތައް އިރެއް ވަންދެން ދުއްވާލަ ދުއްވާލަ އޮތުމަށްފަހު މާލޭ ޖަލު ކައިރީގައި ވެސް އެތައް އިރަކު މަޑުކޮށްގެން އޮތުމަށްފަހު ވެސް ޓްރާންސްޕޯޓު ހަމަޖެހިފައިނުވުމުގެ ސަބަބުން ވެކްސިން ޖެހޭގޮތް ނުވެ، އެމަނިކުފާނު މާލެއަށް ވެސް ބޭލުމަކާއި ނުލައި، އެންމެ ފަހުން އެނބުރި މާފުށީ ޖަލަށް ގެންގޮސްފައިވަނީ އެއްވެސް ހާލެއްގައި ރައީސް ޔާމީން ވެކްސިން ޖެހުމަށް އިންކާރު ކުރައްވާފައިވާތީ ނޫން ކަމަށެވެ.

ވަކީލުންގެ ބަޔާނުގައި ވިދާޅުވީ އެގޮތަށް ކަންހިގާފައިވަނީ ވެކްސިން ޖެހުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިހުމާލުން ހަމަޖެހިފައިނުވާތީއެވެ.

“އެމަނިކުފާނާއިމެދު އިހުމާލު ވުމަށްފަހު، ވެކްސިން ނުޖެހި އެނބުރި ދާންޖެހިފައިވަނީ އެމަނިކުފާނު ވެކްސިން ޖެހުމަށް އިންކާރު ކުރައްވާފައިވާތީ ކަމަށް ބަޔާންކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ނޫސްތަކަށް މަޢުލޫމާތު ދީފައިވުމަކީ ސީދާ އެމަނިކުފާނު ބަދުނާމުކޮށް އެމަނިކުފާނުގެ އަގު ވައްޓާލުމަށްޓަކައި އެ ސަރވިސް އިން ހިންގާފައިވާ ހުތުރު ޢަމަލެކެވެ.” ވަކީލުންގެ ބަޔާނުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: