ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކަށް 450.3 މިލިއަން ރުފިޔާ ދޫކޮށްފި

މިނިސްޓްރީ އޮފް ފިނޭންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް މިހާތަނަށް 450.3 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާންމުކުރި ހަފްތާ މާލީ ތަފާސްހިސާބުތަކުގައި ވާގޮތުން ދައުލަތުގެ ބަޖެޓުން ހިލޭ އެހީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދޭން ވަނީ ކަނޑައަޅާފައެވެ. އެގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހާއި ހަމައަށް މިހާތަނަށް 450.3 މިލިއަން ރުފިޔާ ކައުންސިލްތަކަށް ދޫކޮށްފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގެ ތެރޭގައި ދޫކޮށްފައިވަނީ 415.3 މިލިއަން ރުފިޔާއެވެ.

ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ހިލޭ އެހީގެ ގޮތުގައި ބޮޑު އަދަދެއް ދީފައިވާއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އެންމެ ފަހުން ސަރުކާރުން ގެނައި އިސްޞަލާހުތަކާއެކު ކައުންސިލްތަކަށް މާލީ ގޮތުން ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން ރަށުގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ 40 ޕަސެންޓް ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ އާމްދަނީ އެއްްކޮށް ކައުންސިލްތަކަށް ދިނުން ހިމެނެއެވެ. އަދި “ބްލޮކް ގްރާންޓް” ނުވަތަ ހިލޭ އެހީ ދޭ ގޮތުގައި ކައުންސިލްތަކަށް ޑޮމެސްޓިކް ރެވެނިއުގެ ފަސް ޕަސެންޓް ދައުލަތުގެ ބަޖެޓުން ދިނުން ހިމެނެއެވެ.

މީގެ އިތުރުން ރަށްރަށުގައި ހިންގާ ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫޢުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންދާނެއެވެ. އަދި އަމިއްލަ ނަމުގައި ވިޔަފާރިކުރުމާއި ރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްކުރުމުގެ ބާރު ކައުންސިލްތަކަށް ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: