ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީނަށް އިހުތިރާމް ކުރުމަކީ ސަރުކާރަށް ލިބޭ ނިކަމެއްތިކަމެއް ނޫން: ސައީދު

ޕީއެންސީގެ ނައިބު ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިހުތިރާމް ކުރުމަކީ ސަރުކާރަށް ލިބޭ ނިކަމެއްތިކަމެއް ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ ޔާމީންގެ ކާމިޔާބު 5 އަހަރު އެމަނިކުފާނު ވަނީ މި ގައުމަށް އަގު ނުކުރެވޭ އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައި ކަމަށާއި އެމަނިކުފާނާއި އާއިލާ އަށް އިހުތިރާމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ލިބޭނެ ނިކަމެތި ކަމެއް ނޫން ކަމަށެވެ.

“ހިތްތިރިކޮށް، އޯގާތެރިކަން އިސްކުރުމަކީ މާތް ސިފައެއް” ސައީދު ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހުގެރޭ ޔާމީން ވަނީ މާލެ ގެނެސްފައެވެ. އެމަނިކުފާނު މާލެ ގެނައީ ކޮވިޑް-19 ވެކްސިން ޖެއްސެވުމަށެ ނަމަވެސް ޔާމީން އެކަމަށް އިންކާރު ކުރެއްވި ކަމަށް ކަރެކްޝަންސް އިން ބުނެފައިވާއިރު، އެކަން ޔާމީންގެ ގާނޫނީ ވަކީލުން ދޮގު ކުރެއެވެ.

ޔާމީން މާލެ ގެނައިރު އެމަނިކުފާނު ގެޔަށް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާކަމަށް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކޮންމުންޖެކޭކިޔާކައްތަ ދިވެހިރާއްޖޭގައި ވެރިކަންކުރިފުރަތަމަވުއެއީ ކޮންއިހުތިރާމެއް ﷲސވ ޝިރުކު ކޮށްގެން ނުވިތާކައް އެކަލާނގެހަރާމަކުރެއްވި ފާފަކުރިޔަސްވަރިހަމައޭ ބުނެ ދުނިޔެއިންގެލިފައިވާބޮޑިޖާހިލެއް ޔާމީނު އަކީ އެވަރުގެމީހަކަށްތާއީދުކޮށްޖަލުންނުނެރެވިގެންތެޅިބާލަމުންތިކިޔަނީދީންކުރިއަރުވަނީޔޯ އޭކޮންދީނެއްތަ ޖަވާބުދީބަލަ އިސްލާމްދީން ސިޔާސީ ހަތިޔާރަކައް ހަދައިގެން ތި ތެޅި އަރުވަނީ ހިތުން އެއީ ކަލޭމެންގެ އެކަނި ދީނެއް ކަމަށް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: