ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

34،000 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެގެ ނިޔަލަށް 34،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 ގެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފިއެވެ.

އެޗްޕީއޭ އިން ބުނީ ވެކްސިންގެ ދެވަނަ ޑޯޒް އިއްޔެ 5561 މީހުން ޖަހާފައިވާ ކަމަށާއި އެއާއެކު ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 34،531 އަށް އަރާފައިވާ ކަމަށެވެ.

ދެވަނަ ޑޯޒްގެ އިތުރުން ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް 2740 މީހުން ވަނީ ޖަހާފއެވެ. އެއާއެކު މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 277،522 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ހަތަރު މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އޮތޮޅުތަކުން 240 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ. އަދި މިހާރު ވަނީ ފައިޒާ ވެކްސިންވެސް ޖަހައިދެން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: