ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަހުލާ، މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ކުރިމަތިލާން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ވިލިމާލެ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބުވި ނަހުލާ އަލީ ވާދަކުރެއްވުމަށް ނިންމައިފިއެވެ.

ނަހުލާ މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޕީޕީއެމް އަށް ކާމިޔާބުކުރުމަށްޓަކައި ވޯޓުލާ އާބާދީގެ ދެ ބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ކަމަށްވާ އަންހެނުންނާއި ޒުވާނުންގެ ގިނަ ޢަދަދެއްގެ ވޯޓު ނެގުމަށްޓަކައި ޢިލްމީ، ޤާބިލް، ހިތްވަރުހުރި ކެރޭ އަންހެނަކަށް ޑެޕިއުޓީ މޭޔަރ ކަމުގެ ފުރުޞަތު ލިބިގެން ދިއުމަކީ ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އަދި ޕީޕީއެމް އިން ހިތްވަރުދެއްވާނެ ގޮތް ކަމުގައި ދެކޭކަމަށެވެ.

އަދި ނިމިދިޔަ ދައުރުގައި މާލެ ސިޓީ ކައުންސިލުގައި އަންހެނަކާއި ފިރިހެނަކު މާލެ ސިޓީގެ މޭޔަރު ކަމާއި ޑެޕިއުޓީ މޭޔަރުކަން ކުރައްވާފައިވާއިރު އަންހެނުންނާއި ފިރިހެންނުންނަށް ހަމަހަމަ ފުރުޞަތު އަދި ހަޤީޤީ ބާރުވެރިކަން ދެ ޖިންސަށް ހަމަހަމަ އަށް ލިބިދިނުމަކީ މި ދައުރުގައި ޕީޕީއެމް އިންވެސް ތަރްޙީބު ދެއްވާނެ ކަމެއްކަމުގައި ޔަޤީން ކުރައްވާކަމަށް ނަހުލާ ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ އަކީ އިލްމާއި ގާބިލުކަމާއި ހިތްވަރާއި ކެރުން ހުރި ކަމަށް ގަބޫލު ކުރާ ހާލު އަދި ގިނަ ބައެއްގެ އެދުމުގެ މަތިން ޑެޕިއުޓީ މޭޔަރު ކަމަށް ކުރިމަތިލާން ނިންމަވާފައިވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.

ނަހުލާގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ނާސިރު (އައްލޮ) ވެސް ވަނީ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ވާދަކުރެއްވުމަށް ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: