ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުއް ކަނޑާލުމަކީ މި ސަރުކާރުން ހިންގި އެންމެ ބިޔަ ޕްރޮޖެކްޓް: މަލީހު

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް. ފޮޓޯ: އާކައިވްއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅު ތެރޭގެ ރަށެއްގައި ފިޔާތޮށި ކުލަލާފައިވާ ރުކެއް އެމްޑީޕީގެ ސަޕޯޓަރުން ކަނޑާލުމަކީ މިހާތަނަށް ސަރުކާރުން ހިންގި އެންމެ ބިޔަ ޕްރޮޖެކްޓްކަމަށް މަގާމުން ވަކިކުރި ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމައު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ސަޕޯޓަރުންތަކެއް “ﷲ އަކްބަރު” ގޮވަމުން ފިޔާތޮށި ކުލަ ލާފައި ހުރި ރުކެއް ކަނޑާލާ ވީޑިއޯއެއް ސޯސަލް މީޑީއާގައި ވަނީ އާންމުވެފައެވެ. މި މައްސަލާގައި ގިނަ ބަޔަކު އަންނަނީ އެމްޑީޕީއަށް ފާޑުކިޔަމުންނެވެ.

މިކަމާ ގުޅިގެން މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރުއް ކަނޑާލުމަކީ މިސަރުކާރުން ހިންގި އެންމެ ބިޔަ އެއް ޕްރޮޖެކްޓް ކަމަށެވެ.

“ހެއްވާ ކަމަކީ ރައީސް ނަޝީދު އިރުއިރު ކޮޅާ އެބަވިދާޅުވޭ ތިމަންނާޔަކީ ތިމާވެށީގެ ބައްޕައޭ. މީތޯ ތިމާވެށި ހިމާޔަތް ކުރުމަކީ؟ މަޖިލިހުގައި އެކުރާ ކަންތަކާ މިކަމާ ތަފާތެއް ނެތް. ކުރާ މީހާ ތަފާތީ.” މަލީހު ވިދާޅުވިއެވެ.

ރުއް ކަންޑާލި ހާދިސާއާ ގުޅިގެން އެމްޑީޕީން ކުރި ޓުވީޓެއްގައި ބުނީ، އެފަދަ އަމަލުތައް ހިންގުމަކީ އެ ޕާޓީން އެއްގޮތަކަށް ވެސް ހިތްވަރުދޭނެ ކަމެއް ނޫން ކަމަށެވެ.

“އެމްޑީޕީގެ އެއްވެސް މެންބަރަކު އަދި މި ޕާޓީއަށް ތާއީދުކުރާ އެއްވެސް ފަރާތަކުން ވެސް މިފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކުރަން،” އެމްޑީޕީން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޑިމޮކްރަސީ ދައްކަންވީ މިގޮތަށް ޑިމޮކްރެޓިކް ޕާޓީއެއްގެ އުސޫލުތައް ހުންނަންޖެހޭ ނެގޮތަކީމީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: