ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްޑޭ ކުރީ ޖިނާއީ ކުށެއް، ތަހުގީގުކޮށް ފިޔަވަޅުއަޅަންޖެހޭ: ޖަމީލް

ޝެއާރކޮށްލާ ކަހަލަދޯ؟

ޤިޞާޞް ހިފުމާ ގުޅޭގޮތުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު(ވައްޑޭ) ދެއްކެވީ ވާހަކަތަކާ ގުޅިގެން އޭނާއަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި މާފަންނުގައި ޖަގަހައެއް ހުޅުވުމަށް ބޭއްވި ބައްދަލްވުމެއްގައި ވާހަަކަދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފުމާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާ ކޮށްފައިވާ ކަމަށާ އެއީ “ސިކު” ބައެއް ކަމަށް ވަހީދު ސިފަކޮށްފައިވާ ކަމަށް ބުނެ ދީނީ އިލްމުވެރިންނާއި އާންމުން ގެންދަނީ ވަހީދަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އޭނާ އެ ވާހަކަތައް ދައްކާ ވީޑިއޯއެެއްވެސް ވަނީ އާންމުކޮށްފައެވެ.

މިކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤިޞާޞް ހިފުމާ ގުޅޭގޮތުން ވައްޑޭ ދެއްކެވީ ޖާހިލް ވާހަކަތަކެއް ކަމަށާއި މަރަށް މަރުހިފުމަކީ އިސްލާމްދީނުގެ އިތުރުން ކުރިއަރާފައިވާ އެތައް ޤައުމެއްގައިވެސް ދޭ އަދަބެއް ކަމަށެވެ.

“ވައްޑޭ ކުރީ ޖިނާޢީ ކުށެއް، ތަޙްޤީގްކޮށް ފިޔަވަޅުއަޅަންޖެހޭ. އޭނާގެ ސަބަބުން މުޖުތަމަޢުގައި ހަމަނުޖެހުން އުފެދުން ބޮޑު.” ޖަމީލް ވިދާޅުވިއެވެ.

ވައްޑޭގެ ވާހަކަތައް ދިފާއުކޮށް އެމްޑީޕީން ބުނީ ވައްޑެ ކެމްޕޭން ތަޤްރީރެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅުވައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހިންގަމުންދާ ޢަމަލުތައް އެންމެ ހަރުއަޑުން ކުށްވެރި ކުރާ ކަމަށެވެ.

އެގޮތުން ވައްޑެ، އެ ތަޤްރީރުގައި ފާހަގަކުރެއްވި ނުކުތާ އަމާޒުކުރައްވާފައިވަނީ ދީނަށް ނުވަތަ ދީނީ ޙުކުމަކަށް ނޫންކަމާއި، އެއާޚިލާފަށް އޭނާގެ ވާހަކަ އަމާޒުކުރައްވާފައިވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަށް ކަމަށް އެ ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: