ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރުތިލަފަޅަށް އަރައި ފައިބަން އިންޑިއާގެ ހުއްދަ ހޯދަކަށް ނުޖެހޭ: އެމްއެންޑީއެފް

އެމްއެންޑީއެފްއިން ބޭއްވި ހަފްލާއެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އެމްއެންޑީއެފްގެ އިސް ފަރާތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރުތިލަފަޅަށް އަރައި ފައިބަން އިންޑިއާ މީހުންގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ރާއްޖޭގެ ޕްރައިވެޓް މީީޑިއާއެއްގެ ލައިވް ޕްރޮގްރާމްގައި ސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ އަޙްމަދު ފަޔާޒް ޢަލީ ރިޒާ (ޕާޕާ) ބައިވެރިވެ، އެ ޕްރޮގްރާމްގައި ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަށް އަރައި ފޭބުމުގައި އިންޑިއާ މީހުންގެ ހުއްދަ ހޯދަންޖެހޭ ކަމަށް ބުނެފައިވާތީ ނެރުނު ބަޔާނެއްގައެވެ.

އެކަމާ ގުޅިގެން މިއަދު އެމްއެންޑީއެފްއިން ނެރުނު ނޫސްްބަޔާނެއްގައި ބުނީ، އެ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އެމްއެންޑީއެފް ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަކީ އެމްއެންޑީއެފްގެ މުވައްޒަފުން ތިބޭ ތަނެއް ކަމަށާއި އުތުރުތިލަފަޅަށް އަރައި ފޭބުމަށް ބޭނުން ވަނީ ހަމައެކަނި އެމްއެންޑީއެފްގެ ހުއްދަ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން، ހދ. ހަނިމާދޫ އެއާޕޯޓްގައި އެމްއެންޑީއެފުން ބަލަހައްޓާ ސަރަހައްދަށް އަރައި ފޭބުމަށް ބޭނުންވަނީ އެމްއެންޑީއެފްގެ ހުއްދަ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން ވަނީ ފަޔާޒަކީ މީގެ ކުރިން ތަފާތު ގިނަ އަހުލާގީ މައްސަލަތަކެއް ޖެހި، ސުލޫކީ މައްސަލަތަކެއްގައި ޑިސެންބަރު 17، 2015 ވަނަ ދުވަހު ސިފައިންގެ ކާނަލެއްގެ މަގާމުން ކެޕްޓަނެއްގެ މަގާމަށް ޑިމޯޓްކޮށް އަދި ޖޫން 19، 2016ގައި ކެޕްޓަނެއްގެ މަގާމުން ލެފްޓިނަންޓެއްގެ މަގާމަށް ޑިމޯޓްކޮށް “ޑިސްއޮނަރަބަލް ޑިސްޗާޖް” އެއްގައި ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްކަން ފާހަގަކޮށްފަ އެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނުގެ ލިންކު: https://mndf.gov.mv/mndf/newsd?newsid=3559

ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލައިގައި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާކޮށް އޭނާ ޖަލަށް ލައިފަ އެވެ. އޭނާ ހުކުމް ތަންފީޒުކޮށް ނިމުނު ފަހުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމްތައް ބާތިލުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: