ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ މަހު ވެކްސިން ޖެހުމުގައި ބޮޑެތި އުނދަގޫތަކެއް!

ވެކްސިން ޖެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރައްޖޭގައި ވެކްސިން ޕްރޮގްރާމް ރަސްމީކޮށް ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު ވަނީ ފަށާފައެވެ. ދެ ޑޯޒަކަށް ބަހާލައިގެން ޖަހާ މި ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް ދެލައްކަ ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންވަނީ ޖަހާފައެވެ. ރޯދަމަހާއި ދިމާކޮށް ވެކްސިން ޖަހާ ގަޑިތަކަށް ގެނައި ބަދަލް ތަކާއިއެކު މިދަނީ އުނދަގޫތަކަކާއި ކުރިމަތިވަމުންނެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން ރަމަޟާން މަހުގެ ފުރަތަމަ ދުވަސް އިއުލާން ކުރުމާއި ގުޅިގެން ވެކްސިން ކިއުތަކުގެ ބާރުވަނީ ބޮޑުވެފައެވެ. އެހެންނަމަވެސް ރަމަޟާން މަހުގެ ކުރިން ވެކްސިން ޖެހުމަށް ބޮޑެތި ކިއުތަކެއްހެދި ގިނަ ބަޔަކު ވަނީ ވެކްސިން ޖެހުމަށް ވެކްސިން ސެންޓްރުތައް ކައިރިއަށް ޖަމާވެފައެވެ.

ރަމަޟާން މަހާއި ގުޅިގެން ވެކްސިން ދޭ ގަޑިތަކަށް ވަނީ ބަދަލް ގެނެސްފައެވެ. އެގޮތުން ވެކްސިން ދިނުން ކުރިން ހަމަޖެހިފައި އޮތީ ރޭގަނޑު 21:00އިން ފެށިގެން 11:00 އަށް ނަމަވެސް ރޯދަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން ރޭގަނޑު 21:00 އިން 11:45 ވަންދެން ވެކްސިން ދިނުން ކުރިއަށްދެއެވެ. ހެލްތް ޕްރޮޓެކްޝަންސް އޭޖެންސީ، އެޗްޕީއޭއިން ހާމަކުރައްވާފައި ވަގޮތުގައި ވެކްސިން ދޭ ގަޑި އިތުރުކޮަށްފައި ވަނީ މާލެ ސަރަހައްދުން އަދިވެސް ގިނަ ބަޔަކަށް ވެކްސިން ދޭންޖެހޭތީ އެވެ. މި ބަދަލާއިއެކު ވެސް ވެކްސިން ޖެހުމަށް ބޮޑެތި އުނދަގޫތަކަކާއި ދަނީ ދިމާވަމުންނެވެ. ވެކްސިންގެ ދެވަނަ ޑޯޒް މާލެ ސަރަހައްދުން ގިނަ ބަޔަކަށް ޖަހަން ޖެހޭއިރު ރޯދަމަހާއި ދިމާކޮށް އެއް ގަޑިއެއްގައި ވެކްސިން ޖަހަމުން ގެންދާތީ ވެކްސިން ކިއުތަށް ކޮންމެ ރެއަކު ވަރަށް ބާރުބޮޑެވެ.

ވެކްސިން ސެންޓަރުތަކުގެ ބޭރުން ދިގު ކިއު ތަކެއްގައި ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ ރެއަކުވެސް ވެކްސިން ޖެހުމަށް ޖަމާވެއެވެ. އެޗްޕީއޭއިން ވެކްސިން ދޭ ގަޑި އިތުރުކޮށްފައި ވީނަމަވެސް އިތުރު ކޮށްފައި ވަނީ 15 މިނެޓެވެ. ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި މާލެ ސަރަހައްދުގައި ވެކްސިން ދެމުން ގެންދެއެވެ. ރާއްޖޭގައި މިހާތަނަށް 35،294 (ތިރީސް ފަސްހާސް ދުއިސައްތަ ނުވަދިހަ ހަތަރު) މީހަކަށް ކޮވިޑް ޝީލްޑްގެ ދެވަނަ ޑޯޒް މިވަނީ ޖަހާފައެވެ. އަދި ރާއްޖޭގަިއ މުލީ ޖުމްލަ ވެކްސިން ޖެހި މީހުންގެ އަދަދު މިވަނީ ދެެ ލައްކަ ހަތްދިހަ އަށްހާހަށް ވުރެ މަށްޗަށް އަރާފަ އެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި އަތޮޅުތަކުން 240 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ. އަދި މިހާރު ވަނީ ފައިޒާ ވެކްސިންވެސް ޖަހައިދޭން ފަށާފަ އެވެ.

އެޗްޕީއޭއިން މިހާރު ވަނީ އެރަށެއްގެ އާބާދީގެ 60 އިންސައްތައަށް ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ އެރަށަކަށް ކަރަންޓީންވުމަކާ ނުލާ ދަތުރުކުރެވޭނެ ގޮތް މިމަހުގެ 20 ފެށިގެން ހަމަޖައްސާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: