ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މާލެ ގެނައި އެމްއެމްޕީއާރުސީ މައްސަލައިގެ ތަހުގީގަކަށް: ފުލުހުން

ކޯޓުގައި ކުރިޔަށް ގެންދާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެ ގެނައުން/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލައިގެ ތަހުގީގަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާލެ ގެނެސް ބަޔާން ނަގައިފި އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި އެ ފައިސާ ލޯންޑާރ ކުރިކަން ސާބިތުވެ، ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ކްރިމިނަލް ކޯޓުގެ ހުކުމް، ހައިކޯޓުން ވަނީ ދަމަހައްޓާފައެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ، ރައީސް ޔާމީނަށް ދެމުންދަނީ ނުހައްގު އަނިޔާކަމަށް ބުނެ ހުކުމް ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރީ މިއަދު އެވެ. މާފުށީ ޖަލުން ރައީސް ޔާމީން މާލެ ގެނައި ސަބަބާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލާއި ސުވާލު ކުރުމުން ވިދާޅުވީ، އެމަނިކުފާނު ފުލުހަށް ހާޒިރު ކުރީ ހިޔާނާތުގެ މައްސަލައިގައި ކުރަމުންދާ ތަހުގީގަކަށް ކަމަށެވެ. އަދި އެ މައްސަލައިގައި ރައީސް ޔާމީނާއި ސުވާލުކޮށް، ބަޔާން ނަގާފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުން ރައީސް ޔާމީން އަދިވެސް ހުންނެވީ ފުލުހުންގެ އިދާރާގައެވެ. އަދި އަނބުރާ މާފުށީ ޖަލަށް ގެންދާނީ ތަހުގީގަށް ބޭނުންވާ ބަޔާންތައް ނަގައި ނިމުމުންކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ރައީސް ޔާމީނާއި އެކު އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވެސް ތިއްބެވީ ފުލުހުންގެ އިދާރާގައެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރައީސް ޔާމީން މާލެ ގެނެސް ބަޔާންތަކެއް ނަގާފައި ވެއެވެ. ރައީސް ޔާމީންގެ މައްޗަށް މިހާރު ހިންގަމުންދަނީ ކޮން ތަހުގީގުތަކެއް ކަމެއް ސާފެއް ނުވެ އެވެ. ބެލެވޭ ގޮތުން، ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރީ، މިދިޔަ ފެބްރުއަރީ މަހުވެސް ހާޒިރު ކުރި މައްސަލައިގެ އިތުރު މައުލޫމާތުތައް ހޯދުމަށެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކޮށްފައިވާ އިތުރު ރަށެއްގެ މައްސަލައެކެވެ.

ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައި ވަނީ އެމްއެމްޕީއާރްސީގެ ތެރެއިން އެސްއޯއެފްއަށް ލިބުނު ފައިސާތަކެއް އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި މައްސަލާގަ އެވެ. ކުރީގެ ރައީސް، ޔާމީން އަބްދުލް ގައްޔޫމްގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފައިސާ ވަދެފައިވާކަމަށް ފުލުހުން ތުހުމަތު ކުރިއެވެ. ފަސް އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އަދަދުތަކުން އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާއިން މުއާމަލާތްކޮށްފައިވާކަމަށް ފުލުހުން ބުނެފައިވާއިރު އެ މައްސަލައާއި ގުޅޭގޮތުން ފުލުހުން އޭރު ހާމަ ކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ އެއީ އެމެރިކާ ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް، 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އަދަދެއް ކަމަށެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ އާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކުރި ރ. ފުއްގިރީގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި، ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ. މައްސަލައިގައި މިއަދު އަޑުއެހުމެއް ކުރިޔަށް ގެންދިޔައިރު، ރައީސް ޔާމީން ވަނީ ދެ ދައުވާއަށް ވެސް އިންކާރު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: