ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުން އަންގާރަ ދުވަހު

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުން އަންގާރަ ދުވަހު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ ރޭގެ ނިޔަލަށް އިއުލާންކޮށް ނިންމާލާފައެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަމުންދިޔައިރުވެސް ކޮމިޝަނުން ދިޔައީ އިންތިޚާބާއި ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތައް ބަލަމުންނެވެ.

އީސީގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރެއިން ކޮންޕްލެއިން ބިއުރޯތަކާއި ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ޝަކުވާވެސް ބަލަމުން ދާކަމަށެވެ.

ހަބީބް ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ އަންގާރަ ދުވަހު އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުމަށް ކަމަށެވެ.

އިންތިހާބާ ގުޅިގެން ކޮމްޕްލެއިންސް ބިއުރޯތަކަށްވަނީ 100 އަށްވިރެ ގިނަ ޝަކުވާ ހުށައަޅާފައެވެ. ސިޔާސީ ޕާޓީތަކުންވަނީ 21 ޝަކުވާއެއް ހުށައަޅާފައެވެ. ހަބީބު ވިދާޅުވީ ޝަކުވާތައް ބަލަމުންދާއިރު އެއްވެސް ވޯޓު ފޮއްޓެއް އަލުން ކަނޑައިގެން ބަލަން ޖެހިއްޖެނަމަ އެކަން ދުރާލައި ކެނޑިޑޭޓުންނަށާއި، ކެނޑިޑޭޓުންގެ މަންދޫބުންނަށް އަންގާނެކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 3934 ކެނޑިޑޭޓުން ވާދަކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރި 1670 ކެނޑިޑޭޓުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: