ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އެެތެރޭގެ އިންތިހާބު މެއި 29 ގައި

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑެމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބު މެއި މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެ ޕާޓީއިން ހާމަކޮށްފައިވާ ގޮތުގައި މި އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ދާއިރާތަކުގައި ހިމެނޭ އެޕާޓީގެ އާންމު މެންބަރުންނެވެ. އެމްޑީޕީއިން ހާމަކޮށްފައިވާ ގޮތުގައި އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލެވޭނީ މިއަދު ، 18 އޭޕްރީލް 2021 (އާދީއްތަ) ދުވަހާ ހަމައަށް މިޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅިގެން މިއަދުން ފެށިގެން އެ ޕާޓީއިން ވަނީ މެމްބަރޝިޕް ފޯމުތައް ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލާފައެވެ.

މި އިންތިހާބުގައި އެ ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި، ޕްރޮވިންސްތަކުގެ ރައީސުންގެ އިތުރުން ހިންގާ ކޮމިޓީތައް އިންތިހާބު ކުރެވިގެންދާނެއެވެ. އަދި މީގެތެރެއިން ދާއިރާ ރައީސުންނާއި ޕްރޮވިންސްތަކުގެ ރައީސުންނަށް އެޕާޓީގެ ގައުމީ މަޖިލީހުން ޖާގަ ލިބިގެންދާނެއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހަކީ އެ ޕާޓީގެ އެންމެ ފަހުގެ ނިންމުންތައް ނިންމާ މަޖިލީހެވެ. މިހާރު ގައުމީ މަޖިލިސް އެކުލެވިގެންވަނީ 147 މެމްބަރުންގެ މައްޗަށެވެ.

އެންމެފަހުން އެމްޑީޕީއިން އެ ޕާޓީގެ ގައުމީ މަޖިލީހަށް މެމްބަރުން އިންތިހާބުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މާރިޗު މަހުގެ 11 ވަނަ ދުވަހުއެވެ. އެ ޕާޓީގެ ގައުމީ މަޖިލީހަށް މެމްބަރުން އިންތިހާބުކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށްވާއިރު މިފަހަރުގެ އިންތިހާބު ވަނީ މީގެކުރިން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ފަސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: