ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ސަރުކާރަށް މިހާތަނަށް އެއްވެސް ފްލެޓެެއްގެ ބިންގާ ނޭޅި އޮތުމަކީ އެޖެންޑާ 19 ފެއިލްވުން”

ޑރ. އިބްރާހިމް ޑީޑީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރަަށް ދެއަހަރާއި ބައި ވެގެން ދިޔަ އިރު އެއްވެސް ފްލެޓެއްގެ ބިންގާ ނޭޅިއޮތުމަކީ އެޖެންޑާ19 ފެއިލްވުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ އެމްޑީޕީގެ 40 ޕަސެންޓް ހިއްސާވާ ސަރުކާރަކަަށް މިހާ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް ހިޔާ ފްލެޓުތައް ހަވާލުނުކުރެވި ހުރުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެންމެ އާދައިގެ ރައްޔިތަކަށް ވެސް އެކަން އެނގޭނެ ކަމަށެވެ.

“އަޅުގަނޑުމެންގެ މި 40 ޕަސެންޓް އެމްޑީޕީ ސަރުކާރުން އަދި މިއަދާ ހަމައަށް ދެ އަހަރާއި ބައި ވެގެން ދިޔައިރު، އެއްވެސް ފްލެޓެއްގެ ބިންގަލެއް ނޭޅި އޮތުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެޖެންޑާ19ގެ ދަށުން ވީ ވައުދު ފެއިލްވުން. ބޮޑުތަނުން ފެއިލްވުން. އެހެންވީމާ މިއަދު ކުރީގެ ވާހަކަ ދައްކާއިރު އާތިފާ ފެއިލް ވުމޭ ބުނެވޭކަށް ނެތް. އެއީ ހަމަ 100 ޕަސެންޓް މިއަދު މިއޮތް ސަރުކާރުގެ އިހުމާލު.” ޑރ. ޑީޑީ ވިދާޅުވިއެވެ.

ޑރ. ޑީޑީ ވިދާޅުވީ މިއަދު ހުންނެވި ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ތެރެއަށް ހައުންސިން މިނިސްޓްރީގެ ހުރިހާ މެންޑޭޓެއް ވައްދައިގެން ހުންނަވައި އެއްވެސް ކަމެއް ތަންފީޒު ނުކުރެވުމަކީ އެމްޑީޕީގެ ވަޒީރެއް ވިޔަސް އިސްތިއުފާ ދޭންޖެހޭވަރު ކަމެއް ކަމަށެވެ.

ސަރުކާރަށް ދެ އަހަރު ފުރުނު އިރުވެސް ބޯހިޔާވަހިކަމުގެ ވައުދު ނުފުއްދި އޮތް ސަބަބަކީ އެމްއާރުއެ ކަމަށް ދޭހަވާ މޭރުމަކުން ރައީސް ނަޝީދު ވަނީ ދާދިފަހުން ވާހަކަ ދައްކަވާފައެވެ.

އެމަނިކުފާ ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ އަހަރު ހައުސިން މިނިސްޓަރަކަށް ހުންނެވީ އެމްއާރުއެމްއަށް ނިސްބަތްވި މިނިސްޓަރެއް ކަމަށެވެ. އަދި އެ “ދަންތުރަ”އިން ސަލާމަތްވާން ދުވަސްކޮޅެއް ނެގި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ހަތަރު ޕާޓީ އިއްތިހާދުވެ، ވެރިކަމަށް އައުމަށްފަހު ހައުސިން މިނިސްޓަރުކަމަށް ވަޑައިގެންވީ ރައީސް މައުމޫން ރައީސްކަންކުރައްވާ އެމްއާރުއެމްގެ މަރިޔަމް އާތިފާ އެވެ. އެމްޑީޕީ މަޖިލިސް މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، މިިދިޔަ އަހަރު ޖޫން މަހު ކުއްލި ގޮތަކަށް އާތިފާ މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ގޯސްކަމަށް ވިދާޅުވެ އެވެ.

އާތިފާ މަގާމުން އިސްތިއުފާ ދެއްވުމާއެކު، އެ މަގާމަށް އެމްއާރުއެމްގެ ބޭފުޅެއް އައްޔަން ކުރުމަށް ނަން ފޮނުވުމަށްވެސް އެ ޕާޓީން އޭރު ތައްޔާރުވި އެވެ. އެހެން ނަމަވެސް އާތިފާ އިސްތިއުފާ ދިނުމާއެކު ޖެހިގެން އައި ދުވަހު ސަރުކާރުން ވަނީ އެ މިނިސްޓަރީ އުވާލައި، އަސްލަމް މިނިސްޓްރުކަން ކުރައްވާ ޕްލޭނިން މިނިސްޓްރީ ދަށަށް މަސައްކަތްތައް ބަދަލުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: