ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ވަކި މީހަކު ބޮޑުވަޒީރުކަން ކުރަން ޖާގައެއް ނެތް!”

ރައީސް ނަޝީދު އަދި ޑރ.ޖަމީލު
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި މީހަކު ބޮޑުވަޒީރުކަން ކުރަން ޖާގައެއް ނެތްކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

2023 ގައި ރިޔާސީ އިންތިޚާބު ނުބާއްވާ، ގައުމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، މަޖިލީހުން ގައުމު ހިންގުމާއި ހަވާލުވެ، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރަން ބޭނުންވާ ކަމަށާއި، އަދި ބޮޑު ވަޒީރުކަމަށް ވަޑައިގަންނަަވަން ބޭނުންވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ފޮނުއްވި މެސެޖް ވަނީ އިއްޔެ މީސް މީޑިއާގައި ލީކްވެފައެވެ. އެ މެސެޖް މިހާތަނަށް އެއްވެސް ފަރާތަކުން ދޮގުކޮށްފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ މެސެޖްކަމަށް ބުނާ އެ މެސެޖާއި ގުޅިގެން މީސް މީޑީއާގެ އެކި ޕްލެޓްފޯމްތަކުގައި، ދަނީ މި މައުޟޫއަށް ބަހުސް ކުރަމުންނެވެ.

އެގޮތުން ކުރީގެ ނައިބު ރައީސް ޑރ.ޖަމީލު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ވަކި މީހަކު ބޮޑުވަޒީރުކަން/ރަސްކަން ކުރަން ޖާގައެއް ނެތްކަމަށެވެ. އަދި މި މިހާރު މިއޮތީ ރައްޔިތުން ނިންމާފައިވާ ވެރިކަމުގެ ނިޒާމެއްކަމަށާއި، މި ނިޒާމުގައި ވެރިކަން ކުރަން އެމްޑީޕީއަށް ލިބުނު ދެ ފުރުސަތުގައިވެސް އެމްޑީޕީ ފެއިލްވީކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ޖަމީލު އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ބައިވެރިވާ އިންތިޚާބެއް ބާއްވަން ޖެހޭކަމަށް ރައީސް ނަޝީދުގެ އަމަލުތަކުން ކަށަވަރުވެއްޖެކަމަށެވެ.

ރައީސް ނަޝީދުގެ މި މެސެޖާއި ގުޅިގެން ސަރުކާރުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: