ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު އަަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ މެދުގައި ނެގޭ ވޯޓަކުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރެއްގެ ގޮތުގައި ގައުމަށް ހިދުމަތްކޮށްދީ، މަސައްކަތް ކުރަން ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް ދަންނަވާފައެވެ. އަދި 2023 ގެ ކުރިން ނިޒާމު ބަދަލުކޮށްދިނުމަށް ރައީސް ނަޝިދު އެދިވަޑައިގެންފައި ވެއެވެ.

އިއްޔެގެ ހަވީރު ރައީސް ސޯލިހަށް ފޮނުވި މެސެޖުގައި ރައީސް ނަޝީދު ވަނީ އިތުރަށް އެއްފަރާތުގައި ހުންނަން ބޭނުންފުޅުނުވާކަމަށް ވިދާޅުވެފައެވެ. އަދި މިހާރު އޮތް ރައްޔިތުންގެ މަޖިލީސްއިން ސަރުކާރު އެކުލަވާލަން ރައީސް ނަޝީދު އެދިވަޑައިގެންފައިވެ އެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނުބާއްވައި އޭގެ ޖެހިގެން އަންނަ އަހަރު މަޖިލީސް އިންތިހާބަށްދާއިރު، ރައީސުލްޖުމްހޫރިއްޔާއަކީ މަޖިލީހުން ކަނޑައަޅާ މީހަކަށް ހަދަންޖެހޭކަމަށް ރައީސް ނަޝީދުގެ މެސެޖުގައިވެ އެވެ.

އެކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ނަޝީދުގެ މެސެޖު ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. މިހާރު އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލުކުރަމުންދާ ނިޒާމެއްގެ ގޮތުގައި ރައީސް ވިދާޅުވިކަމަށް މަބްރޫކް މީޑިއާތަކާއި ހިއްސާކުރެއްވި މެސެޖުގައި ވެއެވެ. އެހެންކަމުން މިކަމަށް ބަދަލު ގެނެވޭނީ ވެސް ރައްޔިތުންގެ ވޯޓަކުންކަމަށް ރައީސް ދެކިވަޑައިގަންނަވާކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރައީސް ނަޝީދަކީ ފެށުނީއްސުރެ، ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އަދި މީގެ ކުރިން ވެސް އެކި ނޫސްވެރިންގެ ބައްދަލުވުންތަކާއި އަދި އެ ނޫންވެސް ހަރަކާތްތަކުގައި ރާއްޖެއާއި އެންމެ ގުޅޭ ނިޒާމަކީ ބަރުލަމާނީ ނިޒާމެއްގެ ގޮތުގައި ފާހަގަކޮށް ރައީސް ނަޝީދު ވާހަކަ ދައްކަވާފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންފިނަމަ، އިންތިހާބު ކުރާނީ އިންތިގާލީ ވެރިކަމެއްކަމަށް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވާހަކަ ދެކެވެނުވެ. އަދި އެއަށްފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރާނެކަމުގެ އަޑުތަކެއް ވެސް ގަދަވިއެވެ. ނަމަވެސް އޭގެ ފަހުން ރައީސް ނަޝީދު ފިޔަވާ އިތުރު ބޭފުޅަކު، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ވާހަކަ ނުދައްކަވައެވެ.

މީގެ ކުރިން ވެސް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވެރިކަން ހިންގުމުގެ ނިޒާމާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ސޯލިހް ވިދާޅުވެފައި ވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެން މުހިއްމު ކަންކަން އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގެންފައި އެބަހުރި ކަމަށެވެ. އަދި އިސްކަން ދެއްވަނީ ފަސް އަހަރަށް ވެވަޑައިގަތް ވައުދުތައް ފުއްދަން ކަމަށް ވިދާޅުވި އެވެ.
ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: